"އަދަދު" ނޫހުގެ ވީޑިއޯ ޑޮކިއުމެންޓްރީގެ ވާހަކަ ދެއްކުން މަނާކޮށް ކޯޓުން ނެރެފައިވާ ގެގް އަމުރު އިސްތިއުނާފް ކުރަން އެ ނޫހުގެ ސީއީއޯ ހުސެއިން ފިޔާޒު މޫސާގެ ފަރާތުން ހައި ކޯޓަށް ހުށަހަޅައިފި އެވެ.
ފިޔާޒުގެ ފަރާތުން އަމުރު އިސްތިއުނާފު ކުރަން ކޯޓަށް ދިޔައީ އެ އަމުރު ބާތިލުކުރަން އެދި މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން ހުށަހެޅި މައްސަލަ ބަލައިނުގަންނަން ހައި ކޯޓުގެ ރަޖިސްޓްރާ މިއަދު ނިންމަވާފައި ވަނިކޮށެވެ.
އެ މައްސަލާގައި ހައި ކޯޓުގެ ރަޖިސްޓްރާ ނިންމެވި ނިންމުމުގައި ވަނީ އެމްޖޭއޭއަކީ އެ އަމުރު ނިސްބަތްވާ މައްސަލައިގައި ހިމެނޭ ފަރާތަކަށް ނުވާތީ އެ މައްސަލަ އިސްތިއުނާފު ކުރުމުގެ ހައްގު އެ ޖަމިއްޔާ އަށް ނެތް ކަމަށެވެ.
ނަމަވެސް އެ ނިންމުން ހައި ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހަށް ހުށަހެޅުމުގެ މަސައްކަތް އެމްޖޭއޭ އިން އަންނަނީ ކުރަމުންނެވެ.
The most trusted news source in the Maldives
ކްރިމިނަލް ކޯޓުން އެގޮތަށް އަމުރު ނެރުނީ ފިޔާޒުގެ އިތުރުން އަދަދު ނޫހުގެ މެނޭޖިން އެޑިޓަރު ހަސަން މުހައްމަދުގެ މައްޗަށް ގަޒުފް ކުރުމުގެ ދައުވާ އުފުލައި، އެފަދަ އަމުރެއް ނެރެދޭން ދައުލަތުން އެދުމުންނެވެ. އެހެންވެ، ހައި ކޯޓުގެ ނިންމުމުގައި ފާހަގަކޮށްފައިވާ ފަދައިން ފިޔާޒަކީ މައްސަލަ ނިސްބަތްވާ ފަރާތެކެވެ.
އާންމުކޮށް އެންމެންގެ މައްޗަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރުގައި އަންގާފައިވާ ކަންކަން:
- "އަދަދު" ނޫހުގެ ވީޑިއޯ ޑޮކިއުމެންޓްރީ މުޖުތަމައުގެ ތެރޭގައި ދައުރު ނުކުރުމަށް
- ޑޮކިއުމެންޓްރީގައިވާ ވާހަކައެއް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ނުދެއްކުން
- ޑޮކިއުމެންޓްރީއާ ގުޅުވައި މައްސަލައިގެ ހަސްމަކާއި ނުވަތަ ކުށުގެ ޝިކާރައަކަށްވީ މީހާގެ އެއްވެސް ވާހަކައެއް ނުދެއްކުން
- މައްސަލައިގައި ހުށަހަޅާފައިވާ ލިޔުންތަކާއި ޝަރީއަތާ ގުޅުންހުރި މައުލޫމާތުތައް ނުފެތުރުން.
އެއިން ކޮންމެ ކަމަކީ ކޯޓުގެ ހުރުމަތް ކެނޑުން ކަމުގައި ބެލެވޭނެ ކަމަށް ވެސް އަމުރުގައި ބަޔާންކޮށްފައިވެ އެވެ.
The most trusted news source in the Maldives
ކްރިމިނަލް ކޯޓުގެ އަމުރު އިސްތިއުނާފަށް ހުށަހެޅިއިރު އެ އަމުރާ ހިލާފުވި ކަމަށް ކަނޑައަޅައި "އަދަދު" ގެ ދެ ނޫސްވެރިން ކަމަށްވާ މުހައްމަދު ޝަހުޒާނާއި ލީވާން އަލީ ނަސީރު ޖަލަށްލާން އެ ކޯޓުން ކުރިން ހުކުމްކޮށްފައިވެ އެވެ.
އެކަން ކުށްވެރިކޮށް، އެމްޖޭއޭ އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ކްރިމިނަލް ކޯޓުގެ އަމުރުގެ ސަބަބުން ނޫސްވެރިންނަށް ޚަބަރު ފެތުރުމަށް ހުރަސްއެޅި، މައުލޫމާތު ހޯދައި ލިބިގަތުމަށް ރައްޔިތުންނަށް ލިބިގެންވާ ހައްގުން މަހުރޫމުވެފައިވާ ކަމަށެވެ.
ގެގް އަމުރު ބާތިލުކުރަން ފިޔާޒު ހައި ކޯޓަށް ހުށަހަޅައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ