ވިޒިިޓް މޯލްޑިވްސްއިން މައުލޫމާތު ދިން ގޮތުގައި، މި ހަރަކާތްތައް ކުރިއަށްގެންދަނީ 2026 މެއި 16 އިން 17 އަށް އޮސްޓްރޭލިއާގެ މެލްބަންގައި ހުންނަ ރޯޔަލް އެގްޒިބިޝަން ބިލްޑިންގްގައި ބާއްވާ 'ލަކްޝަރީ އެސްކޭޕްސް ލައިވް މެލްބަން 2026' އެގްޒިބިޝަންގެ ތެރެއިންނެވެ. މި އެގްޒިބިޝަންގައި ރާއްޖޭގެ މަތީ ފަންތީގެ ފަތުރުވެރިކަމުގެ ތަޖުރިބާތަކާއި، މޯލްޑިވިއަން އިން އަލަށް ފެށި މެލްބަން-މާލެ ޗާޓަރ ދަތުރުތައް ބައިނަލްއަގުވާމީ މައިދާނުގައި ވަނީ ދައްކާލާފައެވެ.
މި ކެމްޕޭނާ ގުޅޭގޮތުން ވިޒިޓް މޯލްޑިވްސްގެ ސީއީއޯ އަދި އެމްޑީ އިބްރާހީމް ޝިއުރީ ވިދާޅުވީ، އޮސްޓްރޭލިއާއަކީ ރާއްޖެއަށް ފަތުރުވެރިން އަންނަ މުހިންމު އަދި ކުރިއަރަމުން އަންނަ މާކެޓެއް ކަމަށެވެ. "މެލްބަން ޗާޓަރ ދަތުރުތައް ފެށުމާއެކު ދަތުރުފަތުރުގެ ނިޒާމު އިތުރަށް ހަރުދަނާވެ، އޮސްޓްރޭލިއާގެ ފަތުރުވެރިން ބޭނުންވާ މައިގަނޑު މަންޒިލެއްގެ ގޮތުގައި ރާއްޖެ ހެދުމަށް ކުރާ މަސައްކަތަށް އިތުރު ކުރިއެރުމެއް ލިބިގެންދާނެ،" ޝިއުރީ ވިދާޅުވިއެވެ.
އޮސްޓްރޭލިއާގައި ރާއްޖޭގެ ޗާޓަރ ދަތުރުތައް އިޝްތިހާރުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ