އަމާޒުވާ މަލާމާތާއި ފުރައްސާރައަށް ބިރުން ފަހަތަށް ޖެހިވަޑައިނުގަންނަވާނެ ކަމަށާއި، މިހާރު ފެންނަމުންދަނީ ވާނެ އެއްޗެއް ވާން ދޫކޮށްލުމުގެ ނަތީޖާކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ)ގެ ސީއީއޯ ފިޒާނާ ރަޝީދު ވިދާޅުވެއްޖެއެވެ.
ހުއްދަ ނުނަގައި ކޯސް ހިންގުމާއި ވަގު ސެޓްފިކެޓްތަކުގެ މައްސަލައިގައި އެމްކިއުއޭއިން ބައެއް ފަރާތްތަކަށް ފިޔަވަޅު އަޅާފައިވާއިރު، ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ފިޒާނާ ވަނީ، މިއަދު ފެންނަން އޮތް ހާލަތަކީ ވަޒީފާގެ ބިރަށް ޓަކައި ކަންކަން އިސްލާހުނުކޮށް، ވާނެ އެއްޗެއް ވާން ދޫކޮށްލުމުގެ ނަތީޖާ ކަމަށް ސިފަކުރައްވާފައެވެ.
ފިޒާނާ ވިދާޅުވި ގޮތުގައި، ފާއިތުވި ދެ އަހަރާއި ބައިގެ ތެރޭގައި ތަފާތު އެކި މުއައްސަސާތަކުގެ ވެރިންގެ ފަރާތުން ދޮގު ތުހުމަތުތަކާއި، ޝަރީއަތަށް ގެންދާނެކަމުގެ ބިރުދެއްކުންތަކާ އޭނާއަށް ވަނީ ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް ކުރިމަތިލާން ޖެހިފައެވެ. ނަމަވެސް، ގޯސްކޮށް ކަމެއް ހިނގާނަމަ، އެއީ ކުރިން ކޮށްފައި އޮތް ކަމަކަށް ވީނަމަވެސް، ގާނޫނާއި އުސޫލުތަކުގެ ތެރެއިން އެކަމެއް ހުއްޓުވުމަކީ އޭނާގެ މައްޗަށް އޮތް ޒިންމާއެއް ކަމަށް އޭނާ ވިދާޅުވިއެވެ.
އޭނާ އިތުރަށް ވިދާޅުވީ، ސިޔާސީ މަގާމެއްގައި ހުރެ ވަޒީފާގެ ބިރަށް ޓަކައި ގޯސްކޮށް ހިނގާ ކަންކަން ދޫކޮށްލުމުގެ ނަތީޖާ މިއަދު މުޖުތަމައުން ފެންނަމުންދާ ކަމަށެވެ.
”ސިޔާސީ މަގާމެއް ވީމަ މަގާމުގެ ބިރަށް ވާނެ އެއްޗެއް ވާން ދޫކޮށްލުމުގެ ނަތީޖާ މިއަދު އެހެރީ ފެންނާށެވެ،“ ފިޒާނާ ލިޔުއްވާފައިވެއެވެ.
އަންހެނަކަށް ވީތީ ކުރާ ފުރައްސާރައާއި މަލާމާތަށް ފަސްޖެހޭނެ ކަމަށް ހީކުރުމަކީ ކުށްހީއެއް ކަމަށް ފާހަގަކުރައްވައި، ފިޒާނާ ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އޭނާއާ ހަވާލުކުރެއްވި މަސްއޫލިއްޔަތު އަދާކުރުމުގައި ދެމިހުންނަވާނެ ކަމަށެވެ. އަދި ސަރުކާރުގެ އެއްވެސް ވެރިޔަކު ނުވަތަ މަޖިލިސް މެންބަރަކުވެސް ގާނޫނާ ހިލާފު ކަމެއް ކުރުމަށް އޭނާއަށް އަންގާފައި ނުވާކަމަށް ފިޒާނާ ވިދާޅުވިއެވެ.
”ބިރުދައްކައިގެން ފަހަތަކަށް ނުޖެހޭނަމެވެ. ވެރިއަކީމެވެ. ނަމަވެސް ރައްޔިތުންގެ ހާދިމަކީމެވެ،“ ފިޒާނާގެ ޕޯސްޓުގައި ބަޔާންކޮށްފައިވެއެވެ.
އެމްކިއުއޭގެ ސީއީއޯގެ މަގާމަކީ ސިޔާސީ މަގާމަކަށް ވުމުން، ކޮންމެ ވަގުތަކުވެސް މަގާމުން ވަކިކޮށްފާނެކަން އެނގިވަޑައިގަންނަވާ ކަމަށާއި، ނަމަވެސް މާތްﷲ މިންވަރު ކުރައްވާފައިވާ ރިޒްގު އެއްވެސް މީހަކަށް ބަންދު ނުކުރެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ތަފާތު އެކި މުއައްސަސާތަކުގެ ވެރިންގެ ފަރާތުން ދޮގު ތުހުމަތުތަކާއި، ޝަރީއަތަށް ގެންދާނެކަމުގެ ބިރުދެއްކުން ކުރިމަތިވެފައިވާ ކަމަށް ފިޒާނާ ވިދާޅުވެފައިވާނަމަވެސް، އެއީ ކޮން ބައެއްގެ ފަރާތުން ކުރިމަތިވާ ފުރައްސާރައެއްކަން ސީދާ ހާމައެއް ނުކުރައްވައެވެ. ނަމަވެސް، ހުއްދަ ނުނަގައި ކޯސް ހިންގުމާއި ވަގު ސެޓްފިކެޓްތަކުގެ މައްސަލައިގައި އެމްކިއުއޭއިން ބައެއް ކޮލެޖުތަކަށް ފިޔަވަޅު އަޅާފައިވާއިރު، އެ ފަރާތްތަކުން ދަނީ އެމްކިއުއޭގެ ތުހުމަތުތައް ދޮގުކޮށް އެ އިދާރާއަށް ފާޑުކިޔަމުންނެވެ.
މަލާމާތާއި ބިރުދެއްކުމުން ފަހަތަކަށް ނުޖެހޭނަން، ފެންނަނީ ވާނެ އެއްޗެއް ވާން ދޫކޮށްލުމުގެ ނަތީޖާ: ފިޒާނާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ