“ހދ.އަތޮޅު ޤުރުއާން މުބާރާތް ބޭއްވުމަށް ނެއްލައިދޫން ތައްޔާރުވާއިރު ކަރަންޓުގެ ދަތިކަން ހައްލުނުވޭ” -ނާޘިމް-

ހދ.އަތޮޅު ޤުރުއާން މުބާރާތް ބޭއްވުމަށް ނެއްލައިދޫން ތައްޔާރުވާއިރު ކަރަންޓުގެ ދަތިކަން ހައްލުނުވާ ކަމަށް ނެއްލައިދޫ ކައުންސިލްގެ ރައީސް އަލްފާޟިލް އިބުރާހިމް ނާޘިމް ވިދާޅުވެއްޖެއެވެ.
ނާޘިމް އިތުރަށް ވިދާޅުވި ގޮތުގައި މިހާރު އޮތް އެންމެ ބޮޑު ކަންބޮޑުވުމަކީ ކަރަންޓުގެ މައްސަލަ ކަމަށާއި އެކަމާއި ސަރުކާރާއި ފެނަކާގެ އިސްވެރިންނާއި ވާހަކަ ދެކެވިއްޖެކަމަށެވެ. ހދ. ނޮޅިވަރަމުގައި އިން 180 ކިލޯ ވޯޓުގެ ޖަނަރޭޓަރެއް ގެނެސް ބެހެއްޓުމުގެ މަސައްކަތް ކުރިޔަށްދާ ކަމަށްވެސް ނާޘިމް ފާހަގަ ކުރެއްވިއެވެ. އަދި ފެނަކާގެ ޑީއެމްޑީ އިބުރާހިމް ވަހީދަށް ފޯނުން ގުޅުމުން ދެއްވި ޖަވާބަކީ ނެއްލައިދޫގެ ކަރަންޓުގެ މައްސަލަ އަކީ އެބޭފުޅާ ބަލަންޖެހޭ ކަމެއް ނޫން ކަމަށެވެ. ެަެއެބޭފުޅާ ވިދާޅުވި ވިދާޅުވުން ކުއްވެރިކޮށް އެކަމާއި މެދު ކަންބޮޑުވާ ކަމަށް ވެސް ނާޘިމް ވިދާޅުވި އެވެ.
ނެއްލައިދޫ ގެ ކަރަންޓުގެ މައްސަލަ ޖެހިގެން އުޅޭތާ 2 މަސް ވީފަހުން ރައްޔިތުން ނިކުމެ މިމަހު 8 ވަނަ ދުވަހު ވަނީ އިހްތިޖާޖް ވެސް ކޮއްފައެވެ.
އާބާދީގައި 1327 މީހުން ދިރިއުޅޭ ނެއްލައިދޫ ގެ ކަރަންޓުގެ މައްސަލަ ހައްލު ކުރުމަށް ފެނަކައިން 180 ކިލޯވޯޓުގެ ޖަނަރޭޓަރެއް ގެނެވިފައި ވިޔަސް އެއީ ބާ ޖަނަރޭޓަރެއް ކަމަށް ވެސް މައުލޫމާތު ލިބެއެވެ. ގިނަ ރޭރޭ ކަނު އަދިރީގައި ނެއްލައިދޫ އޮންނަތާ ހަފްތާއެއް ވެއްޖެ ކަމަށްވެސް މައުލޫމާތު ލިބިފައިވެއެވެ.
ދާދި ފަހުން ރ.އަތޮޅު އިންނަމާދޫން ކަރަންޓު ކެނޑި ކަނު އަދިރީގައި އެރަށް އޮތުމުން ފެނަކައިން އެރަށަށް 400 ކިލޯވޯޓުގެ އެންމެ އާ ޖަނަރޭޓަރެއް ފޮނުވި އިރު އެރަށުގެ އާބާދީއަކީ 869 މީހުން ކަމަށް މައުލޫމާތު ލިބެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ