ކުރީގެ ރައީސް މައުމޫނު އަބްދުލްޤައްޔޫމް ހިންގަވާ މައުމޫނު ފައުންޑޭޝަނުން 80 ސްކޮލަޝިޕް ފުރުސަތު މިއަދު ހުޅުވާލައިފިއެވެ.
މައުމޫނު ފައުންޑޭޝަންގެ މި 80 ފުރުސަތަކީ 20 ދާއިރާއަކުން މަތީތައުލީމު ހާސިލްކުރުމަށް ހުޅުވާލި ފުރުސަތު ތަކެއް ކަމުގައެވެ.
މި ފުރުސަތުގެ ދަށުން ތައުލީމް ހާސިލް ކުރުމުގެ ފުރުސަތު ލިބޭނީ އިންޑިއާގެ ބެންގަލޫރުގެ ގާޑްން ސިޓީ ކޮލެޖުގައި ތައުލީމު ހާސިލްކުރުމަށް ކަމަށް މައުމޫނު ފައުންޑޭޝަނުން ބުނެއެވެ.
މި ފުރުސަތު ތަކުގެ ތެރޭގައި ޑޮޕްލޮމާ ފެންވަރުގެ ކޯސްތަކާއި ބެޗްލާސް އަދި މާސްޓާސް ލެވެލްގެ ކޯސަތައް ހިމެނޭކަމަށް މައުމޫނު ފައުންޑޭޝަނުންވަނީ ބުނެއެވެ.
މި ސްކޮލަޝިޕް ފުރުސަތުތަކުގެ ތެރެއިން ކޯސްތަކުގެ ހަރަދުގެ ދެބައިކުޅަ އެއްބައި ހަރަދު ހަމަޖައްސާއިދެވޭނެކަމަށްވެސް މައުމޫނު ފައުންޑޭޝަނުން ބުނެއެވެ.
މައުމޫނު ފައުންޑޭޝަނުން 80 ސްކޮލަޝިޕް ފުރުސަތު ހުޅުވާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ