ސަރުކާރުން ހިމާޔަތް ދޭންޖެހޭ ބަޔަކަށް ހިމާޔަތް ނުދެވި، އިހުމާލު ވެފައެއް ނުވޭ: ގާސިމް

ސަރުކާރުން ހިމާޔަތް ދޭންޖެހޭ ބަޔަކަށް އެ ހިމާޔަތް ދިނުމުގައި އިހުމާލުވާ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ސަރުކާރު ހިންގާ ކޯލިޝަންގެ އެއް ޕާޓްނަރު، ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
ގާސިމު އެހެން ވިދާޅުވީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރު ފެއިލް ވެފައިވާ ކަމަށް ވިދާޅުވެ އިދިކޮޅު ޕީއެންސީގެ ޕީޖީ ލީޑަރު އަދި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް މަޖިލީހުގެ މިއަދުގެ ޖަލްސާގައި ދެއްކެވި ވާހަކަތަކަށް ރައްދު ދެއްވަމުންނެވެ.
ގާސިމް ވިދާޅުވީ، އިދިކޮޅުގައި އޮންނަ ފަރާތްތަކުން އަބަދުވެސް ދައްކާނީ ސަރުކާރަށް ކަންކަން ނުކުރެވޭ ވާހަކަ ކަމަށާއި އެއީ އަބަދުވެސް އަހައި އަދި އެކަމާ ހައިރާން ވާ ކަމެއް ނޫން ކަމަށެވެ. ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށްވެސް ސަރުކާރުން ވަރަށް މަތީ ދަރަޖައަކަށް އިނާޔަތްތައް ދެމުން އަންނަކަން ގަބޫލު ކުރަންޖެހޭ ކަމަށް ވިދާޅުވި އެވެ.
ގާސިމު އިތުރަށް ވިދާޅުވީ، ދިވެހި ސަރުކާރުން ހިމާޔަތް ދޭން ޖެހޭ ފަރާތްތަކަށް ހިމާޔަތް ނުދެވިގެން، ސަރުކާރުން އެ ޒިންމާއަށް އިހުމާލު ވެފައިވާ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ