އަދާރަން ރިޒޯޓުގައި މީހަކު ކަރަންޓް ޖެހި މަރުވި މައްސަލައެއް ފުލުހުން ބަލަންފަށައިފި

ރާއްޖޭގެ ރިޒޯޓެއް ކަމުގައިވާ އަދާރަން ކުލަބް ރަންނާޅީގައި މީހަކު ކަރަންޓްގައި ޖެހިގެން މަރުވި މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.
ފުލުހުން ވިދާޅުވީ، ކަރަންޓްގައި ޖެހިގެން މަރުވެފައި ވަނީ، ސްރޫލަންކާގެ ރައްޔިތެއް ކަމަށެވެ. މިހާދިސާ ހިނގާފައި ވަނީ އިއްޔެގެ އިރުއޮއްސި 18:30 ހާއިރުގައި ކަމަށާއި، ހާދިސާ އާއި ގުޅިގެން، ރޭގަނޑު 19:30ގައި ކ މާފުށި ހެލްތު ސެންޓަރަށް އޭނާ ގެންދެވުނު ކަމަށެވެ.
މިހާދިސާގެ ރިޕޯޓު ފުލުހުންނަށް ލިބިފައިވަނީ، ރޭގެ 20:00 ހާއިރުގައި ކަމަށްވެސް ފުލުހުން ވަނީ ވިދާޅުވެފައެވެ.
މިމައްސަލައިގައި ބަލަންޖެހޭ ކަންކަން ބަލައި މިހާރު މައްސަލަ ތަޙުޤީޤު ކުރަމުން ގެންދާ ކަމުގައި ފުލުހުން ވަނީ ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ