ޒިޔާދާގެ މައްސަލަ: ޝާހު ތިން އަހަރަށް ޖަލަށްލާން ހައި ކޯޓުން ހުކުމްކޮށްފި

ޖިންސީ އަދި ޖިސްމާނީ އަނިޔާތަކުގެ ސަބަބުން މަރުވި, ގދ. ތިނަދޫ, ތޭންކު، ޒިޔާދާ ނައީމްގެ މަރުގެ މައްސަލައިގައި އޭނާގެ ކުރީގެ ފިރިމީހާގެ މައްޗަށް ކުށް ސާބިތުވާކަމަށް ހައިކޯޓުން ޙުކުމް ކޮށްފިއެވެ.
ޑިސެމްބަރު، 2015 ގައި ގދ. ތިނަދޫގައި ކުރި އަނިޔާތަކެއްގެ ސަބަބުން ޒިޔާދާ މަރުވި މައްސަލާގައި އޭނާގެ ކުރީގެ ފިރިމީހާ ޝާހުގެ މައްޗަށް ހަތަރު ދައުވާއެއް ދައުލަތުން ކުރި އެވެ. އެއީ ފިރިމީހާ އަނބިމީހާ ރޭޕް ކުރުމުގެ ދައުވާ އާއި މީހަކު މަރުވެ ދިއުމުގެ އިިހުމާލުގެ އަމަލެއް ކުރުމުގެ ދައުވާ އާއި މީހަކު މަރުވެ ދިއުމުގެ ފަރުވާ ކުޑަ އަމަލެއް ކުރުމުގެ ދައުވާގެ އިތުރުން އޮރިޔާންކާޑު ގެންގުޅުމުގެ ދައުވާ އެވެ. އެހެން ނަމަވެސް ކްރިމިނަލް ކޯޓުން ނިންމާފައި އޮތީ އެއިން އެއްވެސް ދައުވާއެއް ޝާހުގެ މައްޗަށް ސާބިތުނުވާ ކަމަށެވެ.
ނަމަވެސް މި ހަތަރު ދައުވާވެސް އޭނާގެ މައްޗަށް ސާބިތު ނުވާކަމަށް ކްރިމިނަލް ކޯޓުން ވަނީ 2019 ވަނަ އަހަރުގެ މާޗު މަހުގެ 21 ވަނަ ދުވަހު ނިންމާފައެވެ. ނަމަވެސް ދައުލަތުގެ ފަރާތުން ވަނީ 2019 ވަނަ އަހަރުގެ އެޕްރީލް މަހުގެ ތެރޭގައި އެމައްސަލަ ހައިކޯޓުގައި އިސްތިޢުނާފް ކޮށްފައެވެ.
މި މައްސަލައިގައި ޝާހުގެ މައްޗަށް ވަނީ އަނބިމީހާ ރޭޕް ކުރުމުގެ ދައުވާ ސާބިތުވެ އެ ކުށާ ގުޅިގެން ދެވޭ އެންމެ މަތީ އަދަބު ކަމަށްވާ 3 އަހަރުގެ ޖަލު ހުކުމް ހައިކޯޓުން އިއްވާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ