މުސްލިމުންގެ ތިންވަނަ އަށް މުގައްދަސް ބިން ކަމުގައިވާ އަޤްސާ މިސްކިތަށް އިސްރާއީލުގެ ސިފައިން ދިން ހަމަލާއެއްގައި ފަލަސްތީނުގެ ޒުވާނަކު ޝަހީދު ވެއްޖެއެވެ.
ފަލަސްތީނުގެ ޣައްޒާގައި ހުންނަ "ވަގުތު" ގެ ނޫސްވެރިޔާ ބުނީ، މި ހާދިސާގައި އެކި ވަރުގެ އަނިޔާ ލިބުނު ފިރިހެން މީހާ ޝަހީދު ވެފައިވާ ކަމަށެވެ. މި ހާދިސާގައި ޝަހީދު ވެފައިވަނީ ގުދުސް އަށް ނިސްބަތްވާ ފިރިހެނެކެވެ.
އެކި ވަރުގެ އަނިޔާ ލިބިފައިވާ އެ ޒުވާނާ ޝަހީދު ކޮށްފައިވަނީ އިސްރާއީލުގެ ސިފައިންގެ މީހަކަށް ވަޅިން ހަމަލާ ދޭން އުޅުމުގެ ތެރޭގައި ކަމަށް އިސްރާއީލުގެ މީޑީއާތަކުން ވަނީ ބުނެފައެވެ.
އިސްރާއިލް ސިފައިންނާއި ޕަލަސްތީނުގެ އާންމުންނާ ދެމެދު ހަމަނުޖެހުންތައް ހިނގަމުން ދަނީ އަލްއަގްސާ މިސްކިތް ކައިރީގައެވެ.
އިސްރާއީލާއި ފަލަސްތީންގެ މައްސަލަ އަނެއްކާވެސް އިތުރަށް ގޯސްވެގެން ހިނގައިދާނެ ކަމުގެ ބިރު މިހާރު ވަނީ ހީވެފައެވެ. އެއީ ފަލަސްތީންގެ ބިން ފޭރިގަތުމުގެ އާއުކުޅެއްގެ ދަށުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިއުލާން ކުރި އެއްބަސްވުމުގައި އަމަލީ ސިފަ ޖެއްސުމުގެ މަސައްކަތް މިހާރު ފަށާފައި ވާތީއެވެ.
އެއެއްބަސްވުން ބަލައި ނުގަންނާނެ ކަމަށް ފަލަސްތީނުން ވަނީ ބުނެފައެވެ. އަދި ފަލަސްތީން ރައްޔިތުން ގެންދަނީ އެއްބަސްވުމާއި ދެކޮޅަށް މުޒާހަރާ ވެސް ކުރަމުންނެވެ.
ނަމަވެސް އެމެރިކާ އިން ބުނެފައި ވަނީ ކޮންމެ ގޮތެއް ހަދައިގެން ނަމަވެސް އެއްބަސްވުން ތަންފީޒު ކުރާނެ ކަމަށެވެ.
އިސްރާއިލުން އަޤްސާ މިސްކިތަށް ހަމަލާދީ، ޒުވާނަކު ޝަހީދު ކޮށްލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ