ދުވާފަރު ދާއިރާގެ މެންބަރުގެ ފަރާތުން ދާއިރާގެ ރައްޔިތުންނަށް ދެމުންދާ އެހީތެރިކަން ވަރަށް ބޮޑަށް އިތުރުކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ދުވާފަރު ދާއިރާގެ މެންބަރު އިސްމާއިލް އަހުމަދު(އިއްސެ) ފާހަގަ ކުރެވެނީ ދުވާރުގެ ރައްޔިތުންނަށް ހުރިހާ ގޮތަކުން ވެސް އެހީތެރިވުމުގައި ދެމި ހުންނެވި ލާމަސީލް މެންބަރެއްގެ ގޮތުގައެވެ. އެގޮތުން އިއްސެ ދަނީ ދުވާފަރުގެ ރައްޔިތުންގެ ތަޢުލީމަށާއި ބޭސްފަރުވައިގެ ކަންކަމާއި އަދި އެހެނިހެން ކަންކަމުގައި އަބަދު ވެސް ބޮޑެތި އެހީތެރުކަމެއް ފޯރުކޮށްދެމުންނެވެ.އިއްސެ ރައްޔިތުން މަޖިލީހުގެ ހުވާކުރެއްވުމަށްފަހު ލިބިވަޑައިގަންނަވާ މުސާރާގެ 33% ދާއިރާގެ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ޙާއްސަކުރެއްވިއެވެ. މީގެ ދަށުން އިއްސެ ވަނީ ބޭސް ފަރުވާއަށާއި އެކި ޒަރޫރީ ބޭނުންތަކަށް މާލެއަށް ދަތުރުކުރާ ދުވާފަރު ރައްޔިތުންނަށް އެހީތެރިވެލެއްވުމުގެ ގޮތުން އަމިއްލަ ހަރަދުގައި 2 ކޮޓަރީގެ އެޕާޓްމަންޓެއް މާލެއިން ކުއްޔަށް ހިއްޕަވާފައެވެ. އަދި ބޭސްފަރުވާއަށް ދަތުރުކުރަން ޖެހޭ ރައްޔިތުން އެންސްޕާއިން ފުރިހަމަ ކުރަންޖެހޭ ހުރިހާ ކަމެއް ފުރިހަމަ ކުރުމަށް އެހީތެރިވުމަށް ދުވާފަރުގައި އޮފީހެއް ޤާއިންކުރައްވާ، އޮފީހަށް މުވައްޒަފަކު ވެސް ވަނީ ހަމަޖައްސަވާފައެވެ. އަދި މާލެއަށް ދަތުރު ކުރާ ރައްޔިތުންނަށް އެހީތެރިވުމުގެ ގޮތުން މާލޭގައި ވެސް ވަނީ މުވައްޒަފަކު ބަހައްޓަވާފައެވެ.އިއްސެ މިހާރު ވަނީ ކޮވިޑް-19 އާ ގުޅިގެން ރައްޔިތުންނަށް މި ދުވަސްވަރު އިތުރު ދަތިތަކަކާ ކުރިމަތިލާން ޖެހިފައިވާތީ އެކަމަށް އެހީވުމުގެ ގޮތުން ކުރިން ވަމުންދިޔަ އެހީ އިތުރުކުރައްވަން ނިންމަވާފައެވެ.އުނގޫފާރު.ކޮމް އަށް މަޢުލޫމާތު ދެއްވަމުން އިއްސެ ވިދާޅުވި ގޮތުގައި ކޮވިޑް-19 ގެ ސަބަބުން ރައްޔިތުންނަށް ދަތިތަކާ ކުރިމަތިލާން ޖެހިފައިވާތީ އާއި ކުރިއަށް އޮތީ ބަރަކާތްތެރި ރަމަޟާން މަސް ކަމުގައި ވާތީ ދުވާފަރު ރައްޔިތުންނަށް އިތުރު އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން މުސާރައިން ދުވާފަރު ރައްޔިތުންނަށް ޙާއްސަކުރައްވާފައިވާ 33 އިންސައްތަ، 55 އިންސައްތަ އަށް ބޮޑުކުރައްވަން ނިންމަވާފައިވާ ކަމަށެވެ.މި ނިންމެވުމުގެ ދަށުން އިއްސެ މިއަދު ވަނީ ކުރިއަށް އޮތް ބަރަކާތްތެރި ރަމަޟާން މަހާ ގުޅިގެން ދުވާފަރުގެ ގޭބީސީތަކަށް ރޯދަ ހަދިޔާ ފޯރުކޮށްދީފައެވެ. އަދި ދުވާފަރުގެ ދަރިވަރުން ގޭގައި ތިބެގެން ތަޢުލީމް ހާސިލްކުރުމުގެ މަގު ފަހިކޮށްދިނުމުގެ ގޮތުން ދުވާފަރު ޕްރައިމަރީ ސްކޫލުގެ އިސްނެގުމުގެ ދަށުން ކުރަމުންދާ މަސައްކަތަށް ވެސް އެހީތެރިކަން ފޯރުކޮށްދީފައެވެ.އިއްސެ ވިދާޅުވީ މި އެހީތެރިކަން ފޯރުކޮށްދިނުމުގައި ވަކި ސިޔާސީ ޕާޓީއަކަށް ވަކި ފިކުރަކަށް ނުބަލާނެ ކަމަށާއި ދާއިރާގެ އެއްވެސް ރައްޔިތަކަށް ތަފާތުކުރެމެއް ނެތި ރައްޔިތުން ބޭނުންވާ ކަންކަމުގައި އެހީތެރިވެދެއްވުމުގައި އަބަދުވެސް ރައްޔިތުންނާ އެންމެ ގާތުގައި ދެމިހުންނަވާނޭ ކަމަށެވެ. އިއްސެ އިތުރަށް ވިދާޅުވީ މި އެހީތެރިކަން ދުވާފަރު ރައްޔިތުން ހެޔޮހިތުން ބަލައިގަންނާތީ އެއީ ލިބިގެންދާ ވަރަށްބޮޑު ހިއްވަރެއް ކަމަށާއި އެކަމަށްޓަކައި ދުވާފަރު އެންމެހާ ރައްޔިތުންނަށް ޝުކުރު އަދާކުރައްވާ ކަމަށެވެ. ޓެގްރ.ދުވާފަރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ