ދުނިޔެ ބިރުވެރިކަމުން ފުރިފަ! އެތައް ލައްކަ ބައަކު ނިދަން ތިއްބާ ބަލާ އައިސް ޓަކިޖަހަނީ "ޕޮޒިޓިވް!" އާ "ކޮންޓެކްޓް ޓްރޭސިންގ!"

ދުނިޔޭގެ އެތައް ބައަކު އަދިވެސް ނިދަނީ ވަރަށް ހިތްހަމަޖެހިލައިގެންނެވެ. ނިދަން ތިއްބާ އައިސް ދޮރުގައި ޓަކިޖަހާލުމުން ހުޅުވާއިރު ކުރިމަތިޣައި ހުންނަނީ "ޕޮޒިޓިވް" ނުވަތަ "ކޮންޓެކްޓް ޓްރޭސިންގ" ގެ ބިރުވެރިކަމެވެ. 
މާނައަކީ ތިމާ ބައްޔަށް ޕޮޒިޓިވް ވެގެން ހޮސްޕިޓަލަށް ގެންދަން ނުވަތަ އެކަހެރިވުމަށް އަންގަން ނުވަތަ ތިމާގެ ކޮންޓެކްޓް ޓްރޭސިން ސާމްޕަލް ނަގަން އައިސް ހުންނަ މީހާ ކަމެވެ. މިއިން ކޮންމެ ޙާލަތަކީވެސް ފަސޭހަ ހާލަތެއް ނޫނެވެ. އެ ލިބެނީ ބިރުވެރިކަމުން ފުރިގެންދާ ޚަބަރުތަކެވެ! ހިތާމައިން ހިތްތައް ރޮއްވާލާ ފަދަ ޚަބަރުތަކެވެ. ގިނަ ބައަކު ބުނާ ގޮތުން އެ ޚަބަރުތަކަކީ ނުވަތަ އެ މެސެޖުތަކަކީ މީހަކަށް ދިރިހުއްޓައި ލިބޭނެ އެންމެ ހިތާމަވެރި، ބިރުވެރި މެސެޖުތަކެވެ. 
އެއީ "ޕޮޒިޓިވް" ނުވަތަ "ކޮންޓެކްޓް ޓްރޭސިންގ" އެމީހަކާއި ބައްދަލުކޮށްފި ނަމަ އެމީހަކު އެކަމުން ސަލާމަތްވިކަން ޔަޤީންކުރެވެންދެން ބޮޑު ބިރުވެރިކަމެއްގެ ތެރޭގައި ހުންނަން ޖެހޭތީއެވެ! އެކަމަށް ދުވަސްތަކެއް ނަގާތީއެވެ. އަދި ނެގަޓިވްވި ނަމަވެސް ފަހަތުން ޕޮޒިޓިވް އައިސް ނެގަޓިވް ބާޠިލުކުރަމުން ގެންދާތީއެވެ.
ޕޮޒިޓިވްވުމުން ދެވޭ ފަރުވާއިން ނެގަޓިވްވެގެން ދޫކޮށްލާ ފަހުންވެސް އެދަނީ އަލުން ޕޮޒިޓިވްވަމުންނެވެ. މީގެ އިތުރުން ބަލީގެ އެއްވެސް ޢަލާމާތެއް ނުފެނި ހުރެފައި ކުއްލިއަކަށް އެތައް ބައިވަރު ޢަލާމާތްތައް ފެނި ސީރިއަސްވާ މީހުން ވެސް ދަނީ ހަމަ ގިނަވަމުންނެވެ. ވީމާ މިވެނި ގޮތަކީ އެންމެ ރަނގަޅު ގޮތް ކަމަށް ޔަޤީންކަމާއިއެކު ބުނެވޭނެ ގޮތަކީ ކައިކަމާއިމެދު ޑޮކްޓަރުންވެސް ތިބީ ޝައްކެއްގެ މަތީގައެވެ. 
މިއީ ދުނިޔޭގައި މިއަދު ކަންކަން ހިނގަމުންދާ ގޮތެވެ! އެންމެން މިވަނީ ކޮރޯނާގެ ބިރުވެރިކަމުގެ ތެރޭގައެވެ. ކިރިޔާވެސް ހިތްހަމަޖެހުމެއް ލިބެން މިއޮތީ މީހުންނާއި ބައްދަލުނުކޮށް ގޭގައި މަޑުކޮށް ޞިއްހީ އިދާރާތަކުގެ އެންގުންތަކަށް އަމަލުކުރާ އަދި މާތް ﷲ ގެ ޙަޟްރަތުން ވާގި އެދޭ މީހަކަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ