ކޯޓުތަކާއި ބެހޭ ޤާނޫނަށް ގެނައި އިސްލާހާއި އެކު ސްޕްރީމް ކޯޓުގެ ދެފަނޑިޔާރެއްގެ ޝަރުތު ހަމަނުވާކަމަށް ނިންމާފައިވާ ނިންމުމަކީ ބޭއިންސާފުގެ އިންތިހާކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަށް ބޮޑުބޭބެ ވިދާޅުވާ މަޝްހޫރު ޤާނޫނީ ވަކީލް މައުމޫން ހަމީދު ވިދާޅުވެއްޖެ އެވެ.
ކޯޓުތަކުގެ ޤާނުނަށް ގެނައި އިސްލާހާއި އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒު އާއި ސްޕްރީމް ކޯޓުގެ ފަނޑިޔާރު މުއްތަސިމް އަދުނާން ފަނޑިޔާރުކަމަށް ޝަރުތު ހަމަނުވާކަމަށް ޖޭއެސްސީ އިން ނިންމާފައިވާ ނިންމުމާއި ބެހޭ ގޮތުން މައުމޫން ހަމީދު ފޭސްބްކުގައި ކުރައްވާފައިވާ ޕޯސްޓެއްގައި ވިދާޅުވެފައި ވަނީ އެދެބޭފުޅުން ފަނޑިޔާރުކަމުގެ ޝަރުތު ހަމަނުވާކަމަށް ނިންމާފައި ވަނީ އެއްވެސް ތަޙްޤީޤަކާއި ނުލާ އަދި އެއްވެސް ހެއްކެއްވެސް ނެތި ކަމަށެވެ.
އެ ދެ ބޭފުޅުންގެ ޝަރުތު ހަމަނުވާ ކަމަށް ބެލެވެނީ ވަކި "ބާރަކުން" އެ ބޭފުޅުންގެ ޝަރުތު ހަމަނުވާ ކަމަށް މާ ކުރިން ކަނޑައަޅާފައިވާތީ ކަމަށް ވެސް މައުމޫން ހަމީދު ވިދާޅުވެފައި ވެއެވެ.
ޕީޖީގެ މަގާމަށް އައްޔަންކުރަން ރައީސް ނަންފޮނުއްވެވި ނަމަވެސް ފަހުން ޕީޕީއެމްގެ ތާއިދު ނުލިބުމުން ޕީޖީގެ މަގާމު ލިބިވަޑައިނުގެންނެވި މައުމޫން ހަމީދު އިތުރަށް ވިދާޅުވެފައި ވަނީ ފާއިޒާއި މުއަތަސިމް ގާބިލް ނޫން ކަމަށް ޖޭއެސްސީން ނިންމި އިރު ގާނޫނާ ހިލާފު ހުތުރު އަމަލެއް ހިންގަވަނިކޮށް ވީޑިއޯ ހެކި ވެސް ހުރި އިރު އަދި ސީރިއަސް ތުހުމަތުތަކެއް ކުރެވިފައިވާ ފަނޑިޔާރަކު އެއީ ގާބިލް ފަނޑިޔާރެއް ކަމަށް ކުއްލިއަކަށް ކަނޑައެޅުމުން ހައިރާންވާ ކަމަށެވެ.
ދެފަނޑިޔާރުންގެ ޝަރުތު ހަމަނުވާކަމަށް ނިންމި ނިންމުމަކީ ބޭއިންސާފުގެ އިންތިހާ – މައުމޫން ހަމީދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ