ޑރ. ޝަހީމުގެ ވަރަށް ޚާއްޞަ ދަރުސެއް މިއަދު ހަވީރު ފުވައްމުލައް ޓައިމްސް އިން ގެނެސްދެނީ!

މަޝްހޫރު ދީނީ އިލްމުވެރިޔާ، ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމު އަލީ ސައީދުގެ ވަރަށް ޚާއްސަ ދަރުހެއް “ފުވައްމުލައް ޓައިމްސް” ފޭސްބުކް ޕޭޖް މެދުވެރިކޮށް މިއަދު ހަވީރު ގެނެސްދޭން ނިންމައިފިއެވެ.
މިއަދު ހަވީރު 05:30 އިން 06:00 އަށް “ފުވައްމުލައް ޓައިމްސް” ފޭސްބުކް ޕޭޖް މެދުވެރިކޮށް ލައިވް ކުރުމަށް ހަމަޖެހިފައިވާ މި ޚާއްޞަ ދަރުސްގެ މަޢުލޫއަކީ “ރަމަޟާން ތަޤުވާވެރިންގެ މޫސުމް” އެވެ.
މި ދަރުސް ފުވައްމުލަކު ބައެއް އަވަށްތަކުގައި ލައުޑު ސްޕީކަރ މެދުވެރިކޮށް ރައްޔިތުންނަށް ފަސޭހައިން އަޑު އެހޭނެގޮތުގެ އިންތިޡާމްވެސް ވަނީ ހަމަޖެހިފައެވެ.
އިސްލާމީ ގައުމުތައް ހިމެނޭ އޯއައިސީގެ ސެކްރެޓަރީ ޖެނެރަލްގެ މުޝީރެއްގެ މަގާމުގައި މިހާރު ހުންނެވި ޑރ. ޝަހީމް ގެންދަވަނީ މިރޯދަމަހު އެބޭފުޅާގެ ފޭސްބުކް ޕޭޖް މެދުވެރިކޮށް ޚާއްސަ ދަރުސްތަކާއި ދީނީ ބައެއް މައުލޫތަކަށް ޕްރޮގްރާމްތަކެއް ގެނެސްދެމުންނެވެ. މީގެ އިތުރުންވެސް ބައެއް ނޫސްތަކާއި ޓީވީ ސްޓޭޝަންތައް މެދުވެރިކޮށް، ވެސް ޝަހީމް ގެންދަވަނީ ތަފާތު މައުޟޫތަކަށް އިންސާފު ކުރައްވަމުންނެވެ.
ރާއްޖެއިން ބޭރުގައި މިވަގުތު ހުންނެވި ނަމަވެސް ޑރ. ޝަހީމު ފާހަގަކުރެވިގެންދަނީ ދިވެހިން ދީނަށް ހޭލުންތެރި ކުރުވުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ބޭފުޅެއްގެ ގޮތުގައެވެ. އެގޮތުން އޭނާގެ ބައެއް ދީނީ ލިޔުންތަކާއި ޕޯސްޓުތައް އެކި ސޯޝަލް މީޑިއާގެ ވަސީލަތްތައް މެދުވެރިކޮށް ދަނީ ގެނެސްދެއްވަމުންނެވެ.
މި ބަރަކާތްތެރި ރަމަޟާން މަހު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސައީދު ދެއްވާ މި ދަރުސް ވީހާވެސް ގިނަ ފަރާތްތަކުން ބެއްލެވުމަކީ އަޅުގަނޑުމެންގެ ވަރަށް ބޮޑު އެދުމެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ