ދެ ފަރާތް ފިޔަވައި އެހެން ހުރިހާ ވިޔަފާރިވެރިން ކަރަންޓް ބިލާ ހަވާލުވެއްޖެ: ފެނަކަ

މާޗް މަހުން ފެށިގެން ވިޔަފާރި ކުރާ ތަންތަނުގެ ކަރަންޓް ބިލަށް އައި ބަދަލާ ގުޅިގެން، އެކަމާ ހިތްހަމަނުޖެހިގެން ބިލްތަކާ ހަވާލު ނުވި އައްޑޫގެ ވިޔަފާރި ކުރާ ތަންތަނުގެ ތެރެއިން އެންމެ ދެ ތަން ފިޔަވައި ހުރިހާ ތަނަކުން މިހާރު ބިލާ ހަވާލުވެފައުވާ ކަމަށް ފެނަކަ ކޯޕަރޭޝަނުން މިއަދު ބުނެފި އެވެ. ފާއިތުވި ދެ މަހުގެ ބިލާ ހަވާލު ނުވެ ތިއްބައި ވިޔަފާރި ކުރާ ތަންތަނުން ކަރަންޓް ކަނޑަން ފެށުމާ އެކު، ބައެއް ވިޔަފާވެރިވެރިން ވަނީ މައްސަލަ ކޯޓަށް ވެސް ހުށަހަަަޅައިފަ އެވެ. އެހެން ނަމަވެސް ކޯޓުން ވަނީ ބިލާ ހަވާލު ނުވާ ނަމަ، ކުންފުނީގެ ގައިދުތަކުގެ ދަށުން ފެނަކަ އަށް ކަރަންޓް ކަނޑާލުމުގެ އިހުތިޔާރު ލިބިގެންވާ ކަމަށް ހުކުމްކޮށްފަ އެވެ. ފެނަކަގެ ރީޖަނަލް ޑިރެކްޓަރު އަބްދުﷲ ޒުހައިރު (އަބްހަރީ) ވިދާޅުވީ ބިލާ ހަވާލުވެ ނުވެ މިހާރު އޮތީ އެންމެ ދެ ތަނުން ކަމަށާއި އެއީ ސިމްޑީ ކުންފުނިން އައްޑޫގައި ހިންގާ ތަންތަނާއި ހިތަދޫގައި ކޮމްޕިއުޓަރު ސާމާނު ވިއްކާ އައިޓީ މާޓެވެ. އެ ފަރާތްތަކުން ބިލާ ހަވާލު ނުވާތީ ކަރަންޓް ވަނީ ކަނޑާލައިފަ އެވެ. ސިމްޑީން ހިތަދޫގައި ހިންގާ ޕްރައިވެޓް ހޮސްޕިޓަލް އައިއެމްޑީސީން މިހާރު ހިދުމަތް ދެނީ އަމިއްލަ ޖަނަރޭޓަރެެއް ބަހައްޓައިގެންނެވެ. ހިތަދޫގައި ހުންނަ އައިއެމްޑީސީ ހޮސްޕިޓަލް: މިތަނުން އަދިވެސް ކަރަންޓް ބިލާ ހަވާލެއް ނުވޭ. ހަވީރު ފައިލް ފޮޓޯ "ސިމްޑީގެ ދަށުގައި ހުރި ތަންތަނާއި އައިޓީ މާޓުން އެކަނި މިހާރު ބިލާ ހަވާލު ނުވެ ތިބީ. އެހެން ހުރިހާ ފަރާތްތަކުން ބިލްތަކާ ހަވާލުވެއްޖެ މިހާރު،" ޒުހައިރު ވިދާޅުވި އެވެ. "އެހެންވެ އަޅުގަަނޑުމެން އުންމީދު ކުރަނީ މިހާރު ލިބިފައި އޮތް މުއްދަތުގެ ތެރޭގައި އެ ފަރާތްތަކުން ބިލް ދައްކައި ނިންމާނެ ކަމަށް. ބިލް ނުދައްކާ ނަމަ ކުރިން ވެސް އަންްގާފައި އޮތް ގޮތަށް ކަރަންޓް ކަނޑާލެވޭނެ." ވިޔަފާވެރިން ކަރަންޓް ބިލާ ހަވާލުވާން ދެކޮޅު ހަދައި، ބިލް ދައްކަން އިންކާރުކޮށްފައި ވަނީ ކުރިން އެންގުމަކާ ނުލައި ފެނަކަ އިން "ކުއްލިއަކަށް" ކަރަންޓް ބިލް ބޮޑު ކުރީ ކަމަަށް ބުނެފަ އެވެ. އެހެން ނަމަވެސް ފެނައި އިން ބުނީ އެ ކުންފުނިން ކަރަންޓްގެ އަގު ބޮޑު ނުކުރާ ކަމަށާއި ވިޔަފާވެރިންނަށް ކުރަމުން ދެމުން ދިޔަ ސަބްސިޑީ ކަނޑާލުމުން ކަރަންޓް ބިލް ބޮޑުވީ ކަމަށެވެ. އެކަމަކު ވުޔަފާވެރިން ބުނެފައި ވަނީ އެ މީހުންނަށް ދުވަހަކު ވެސް ކަރަންޓް ސަބްސިޑީއެއް ނުދޭ ކަމަށާއި ފެނަކައި އިން ހަގީގަތް އޮޅުވާލަނީ ކަމަށެވެ. ފެނަކަ އިން އަދި ބުނީ މާޗް މަހުން ފެށިގެން ބިލް ހަދަމުން އަންނަނީ އެނާޖީ އޮތޯރިޓީން 2009 ގައި ފާސްކޮށްފައިވާ ޓެރިފްތަކަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ