ޖުމްހޫރީ ޕާޓީގެ ވެރިކަމެއް މިރާއްޖޭގައި ގާއިމްކުރަން މަސައްކަތްކުރަނީ ރައްޔިތުންނަށް ބޭނުންވާ ކިތަންމެ ކިތަންމެ ކަމެއް ކޮށްދެވޭނެކަމުގެ ފުރިހަމަ ޔަގީންކަން އޮތުމުން ކަމަށް އެޕާޓީން ބުނެފިއެވެ.
އއ އަތޮޅު ފެރިދޫގައި ޖުމްހޫރީ ޕާޓީގެ އޮފީހެއް ހުޅުވުމަށް އެރަށުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޖުމްހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހިމް ވިދާޅުވީ ޖުމްހޫރީ ޕާޓީގައި ރައްޔިތުންނަށް ވިއްކާނެ ފުރިހަމަ ތަސައްވުރެއް އެބައޮތްކަމުގައެވެ.
ޖުމްހޫރީ ޕާޓީގެ ވިސްނުމުގައި މިގައުމަށް ގިނަ ބަދަލުތަކެއް ގެންނަންޖެހޭ ކަމަށާއި އެ ބަދަލުތައް ގެނައުމަށް ޖުމްހޫރީ ޕާޓީގެ ވެރިކަމެއް ގާއިމްކުރުމަކީ މުހިންމު ކަމެއްކަމަށް ވެސް ގާސިމް އިބްރާހިމް ވިދާޅުވިއެވެ.
ގާސިމް ވިދާޅުވީ ދިވެހިން މިގައުމަށް ގެންނަން އެދޭ ބަދަލުތަކެއްގެ އަޑު ތަކުރާރްކޮށް އިވިވަޑައިގަންނަވާކަމަށާއި ޖުމްހޫރީ ޕާޓީގެ ވެރިކަމެއް ގާއިމްކުރުމަށް މަސައްކަތް ކުރައްވަނީ ރައްޔިތުންގެ އެ އުންމީދުތައް ހާސިލްކޮށްދިނުމަށް ކަމަށެވެ.
ޖުމްހޫރީ ޕާޓީން އަތޮޅުތެރޭގައި ފުޅާ ދާއިރާއެއްގައި ހަރަކާތް ހިންގަމުން ގެންދާއިރު ޖުމްހޫރީ ފަތުއަޑުގެ ނަމުގައި ލ އަތޮޅާއި ހުވަދޫ އަތޮޅުގައިވެސް ދަނީ ހަރަކާތްތަކެއް ހިންގަމުންނެވެ.
ޖުމްހޫރީ ޕާޓީން ވަނީ 2013 ވަނަ އަހަރުގެ ރިއާސީ އިންތިޚާބުގެ ކުރިން އެޕާޓީއަށް ތިރީސްހާސް މެންބަރުން ހަމަކުރުމަށް މަސައްކަތްކުރަމުންނެވެ.
ރައްޔިތުން ބޭނުންވާ ކަންތައް ކޮށްދެވޭނީ ޖުމްހޫރީ ޕާޓީއަށް - ޖޭޕީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ