ޖިނާއީ ކޯޓުގެ އިސް ގާޒީ އަބުދުﷲ މުހައްމަދު ހައްޔަރު ކުރަން ނިންމެވީ ރައީސް ނަޝީދު ނޫން ކަމަށާއި އެކަން ނިންމީ ޑިފެންސް މިނިސްޓްރީން ކަމަށް ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
އަބުދުﷲ ގާޒީ ހައްޔަރުކުރި މައްސަލައިގައި ހިއުމަން ރައިޓްސް ކޮމިޝަނަށް ހާޒިރުވެވަޑައިގެން، އެނބުރި ގެއަށް ވަޑައިގެންނެވުމުގެ މަގުމަތީގައި މީޑީޔާއާ ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ އަބުދުﷲ ގާޒީ އެކަހެރިކޮށްގެން ބެހެއްޓުމަށް ނިންމެވީ ޑިފެންސް މިނިސްޓްރީން ކަމަށާއި އެހެން ކަމުން އެމަނިކުފާނު ފަރުދީގޮތުން އެކަމަށް ޒިންމާވާންނުޖެހޭނެކަމަށެވެ.
އިތުރަށް ނަޝީދު ވިދާޅުވީ އަބުދުﷲ ގާޒީ އެކަހެރިކޮށްފައި ބެހެއްޓި ދުވަސްވަރު އެޗްއާރްސީއެމުން އޭނާ އާ ބައްދަލު ކުރެއްވުމަށް އެދުނު ކަމަށާއި އެކަން ހަމަޖައްސަވައިދެއްވާފައިވާނެކަމަށެވެ.
ރައީސް ނަޝީދުގެ ބަޔާން ދެއްވުމަށް ފަހު، މީޑިޔާއާ ވާހަކަ ދައްކަވަމުން ގާނޫނީ ވަކީލް އަދި ރައްޔިތުންގެ މަޖިލީހުގެ އުތުރު ދާއިރާގެ މެމްބަރ މާރިޔާ އަހުމަދުދީދީ ވިދާޅުވީ ކޮމިޝަނަށް ހާޒިރުވުމަށް އެދި ފޮނުވި ސިޓީގައި އޮންނަނީ އަބުދުﷲ ގާޒީ ހައްޔަރު ކުރި މައްސަލައިގައި ގ. ކެނެރީގޭ މުހައްމަދު ނަޝީދު ހާޒިރުވުމަށް ދަންނަވާފައިކަމަށާއި އެހެން ކަމުން އެއީ ނަޝީދުގެ މަގާމުގެ ހައިސިއްޔަތުން ކުރެއްވިކަމަކާ ގުޅިގެން ކުރެއްވިކަމެއްތޯ ސުވާލު އުފެދޭކަމަށެވެ.
މާރިޔާ އިތުރަށް ވިދާޅުވީ ފެބްރުއަރީ މަހުގެ ހަތް ވަނަ ދުވަހާއި އަށް ވަނަ ދުވަހާ ބެހޭ ގޮތުން އެއްޗެއް ވިދާޅުވާން ބޭނުންފުޅުތޯ ރައީސް ނަޝީދު އަރިހުގައި ދެންނެވިކަމަށާއި އެކަމުން އެނގެނީ އެ ދެ ދުވަހުގެ ކަންތައްތައް ކޮމިޝަނުން ނަގަނީ ވަރަށް ކުޑަކަމެއްގެގޮތުގައި ކަމަށް ގަބޫލުކުރެއްވުނު ކަމަށެވެ.
އެޗްއާރްސިމަށް ރައީސް ނަޝީދު ވަޑައިގެންނެވި އިރު ފަސް މެމްބަރުންގެ ތެރެއިން ޖިހާނު މަހުމޫދު ފިޔަވައި އެހެން އެއްވެސް މެމްބަރަކު ވަޑައިގެނ ނެތެ އެވެ. ކޮމިޝަނަށް ނަޝީދު ވަޑައިގެންނެވުމާއެކު އެ ސަރަހައްދަށް ނަޝީދަށް ސަޕޯޓްކުރާ ވަރަށް ގިނަ ބައެއް އެއްވެ ޝުއޫރުފާޅު ކުރަމުންދަނިކޮށް، ވަރަށް ގިނަ އަދަދެއްގެ ރަޔަޓް ފުލުހުން ވަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވާން ފަށާފަ އެވެ.
އަބުދުﷲ ގާޒީ ގާނޫނާ ހިލާފަށް އެކަހެރިކޮށްފައިފައިވަނީ މިދިޔަ ޖެނުއަރީ މަހުގެ 14 ވަނަ ދުވަހުގެ ރެ އެވެ. އަބުދުﷲ ގާޒީ ހައްޔަރުކޮށްެގެން ގެންދިޔައީ އޭޏާ ގޭގައި އުޅުއްވަނިކޮށް ސިފައިން ފޮނުވައިގެންނެ އެވެ. އަބުދުﷲ ހާޒީ ހައްޔަރުކޮށްގެން ގެންދިޔައީ ފުލުސް އޮފީހަށް ހާޒިރުވުމަށް ފޮނުވި ޗިޓަށް ހާޒިރުވުން ފަސްކުރުމަށް ސިވިލް ކޯޓުން އަމުރުކޮށްފައިވަނިކޮށެވެ.
އަބުދުﷲ ގާޒީ ހައްޔަރު ކުރުމާ އެކު ޖިނާއީ ކޯޓުންނާއި ހައި ކޯޓުން އަދި ސުޕްރިމް ކޯޓުން ވެސް އޭނާ ދޫކޮށްލުމަށް އަމުރު ކުރި އެވެ. ނަމަވެސް ރައީސް ނަޝީދުގެ ސަރުކާރުން އެއްވެސް ކޯޓެއްގެ އަމުރަށް ތަބާވެފައިނުވެ އެވެ.އެންމެ ފަހުން އަބުދުﷲ ގާޒީ މިނިވަންވެގެންދިޔައީ ފުލުހުންނާއި ސިފައިން ގުޅިގެން ހިންގި ހަރަކާތެއްގައި ރައީސް ނަޝީދުގެ އަމުރުމައުރޫފު ސަލާމަތީ ބާރުތަކުން ތަންފީޒުނުކުރުމުގެ ސަބަބުން ވެރިކަމުން އިސްތިއުފާ ދެއްވަން ޖެހިވަޑައިގެންނެވުންނެ އެވެ.ސިފައިންގެ ޓްރޭނިން ސެންޓަރެއްކަމަށްވާ ކ. ގިރިފުށީގައި އަބުދުﷲ ގާޒީ ހުންނަވަނިކޮށް، ފެބްރުއަރީ މަހުގެ ހަތްވަނަ ދުވަހު މާލެ ގެނެސްފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ މަގާމުން ރައީސް ނަޝީދު އިސްތިއުފާ ދެއްވިކަން އިއުލާނު ކުރެއްވުމުގެ ކުރިންނެ އެވެ.
އަބުދުﷲ ގާޒީ ހައްޔަރު ކުރަން ނިންމެވީ އަޅުގަނޑެއް ނޫން: ރައީސް ނަޝީދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ