2018 ވަނަ އަހަރު އޮންނަ ރިޔާސީ އިންތިޚާބުގައި ޕީޕީއެމް/އެމްޑީއޭގެ ރިޔާސީ ކެނޑިޑޭޓަކީ ރައީސް ޔާމީންކަން ޔަގީންކަމަށް ޕީޕީއެމްގެ ޕީޖީ ގުރޫޕްގެ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެއްޖެއެވެ.
ނިހާންގެ ޓުވީޓްގައި ވިދާޅުވެފައިވަނީ 2018 ވަނަ އަހަރު ރިޔާސީ އިންތިޚާބަށް ޕީޕީއެމް،އެމްޑީއޭ ކެނޑިޑޭޓަކީ ރައީސް ޔާމީންކަން ޔަގީންކަމަށެވެ. އަދި ﷲގެ އިރާދަފުޅުން އިންތިޚާބު ކާމިޔާބުކުރާނީވެސް ރައީސް ޔާމިން ކަމަށެވެ.
ޕީޕީއެމް/އެމްޑީއޭގެ ރިޔާސީ ކެނޑިޑޭޓަކީ ރައީސް ޔާމީންކަން ޔަގީންކަމަށް ނިހާން ވިދާޅުވިނަމަވެސް އިންތިޚާބުގައި ވާދަކުރައްވާނެކަން ރައީސް ޔާމީން ރަސްމީކޮށް އިއުލާން ކުރައްވާފައެއް ނުވެއެވެ.
2018 ވަނަ އަހަރު ޕީޕީއެމް/އެމްޑީއޭގެ ރިޔާސީ ކެނޑިޑޭޓަކީ ރައީސް ޔާމީން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ