މައިލޯ އިންޓަރ ސްކޫލް 14 އަހަރުން ދަށުގެ ޗެމްޕިއަންކަން އަހުމަދިއްޔާއަށް
އިސްކަންދަރު ސްކޫލް ބަލިކޮށް މައިލޯ އިންޓަރ ސްކޫލް 14 އަހަރުން ދަށުގެ ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލް ހޯދައިފިއެވެ.ގައުމީ ފުޓްބޯޅަ ދަނޑުގައި އިއްޔެ ހަވީރު ކުޅުނު، އެ މުބާރާތުގެ ފައިނަލް މެޗު އަހުމަދިއްޔާއިން ކާމިޔާބު ކުރީ 5-0 ގެ ނަތީޖާ އަކުންނެވެ. މައިލޯ އިންޓަސުކޫލް ފުޓްބޯޅަ މުބާރާތުގެ ފައިންލް މެޗުގެ ތެރެއިން: އިސްކަންދަރު ސުކޫލާއި އަހްމަދިއްޔާ އިންޓަނޭޝަނަލް ސުކޫލް ބައްދަލުކުރި މެޗު 5-0 އިން ކާމިޔާބް ކުރީ އަހްމަދިއްޔާ---ސަން ފޮޓޯ/ މުހައްމަދު އަފްރާހް މި މެޗުގެ ފުރަތަމަ މިނެޓުގައި އަހުމަދިއްޔާއިން ވަނީ ލީޑު ނަގާފައެވެ. މި ގޯލް އެޓީމަށް ކާމިޔާބުކޮށްދިނީ މުހައްމަދު ރިމްހާނެވެ. މެޗުގެ 11 ވަނަ މިނެޓުގައި ޔޫސުފް ސައިދާން އަލީ އެޓީމުގެ ދެވަނަ ގޯލް ކާމިޔާބުކޮށްދިންއިރު، 12 ވަނަ މިނެޓުގައި މުހައްމަދު ރިމްހާން ވަނީ އަހުމަދިއްޔާގެ ތިންވަނަ ގޯލް ކާމިޔާބުކޮށްދީފައެވެ. އަދި 26 ވަނަ މިނެޓުގައި މޫސާ މާހިލް މިގްދާދް އެޓީމުގެ ހަތަރުވަނަ ގޯލް ކާމިޔާބުކޮށްދިންއިރު، އަހުމަދިއްޔާގެ ފަސްވަނަ ގޯލް މެޗުގެ ފަހު މިނެޓުގައި ކާމިޔާބުކޮށްދިނީ އިބްރާހީމް އަތީފެވެ. މައިލޯ އިންޓަސުކޫލް ފުޓްބޯޅަ މުބާރާތުގެ ފައިންލް މެޗުގެ ތެރެއިން: އިސްކަންދަރު ސުކޫލާއި އަހްމަދިއްޔާ އިންޓަނޭޝަނަލް ސުކޫލް ބައްދަލުކުރި މެޗު 5-0 އިން ކާމިޔާބް ކުރީ އަހްމަދިއްޔާ---ސަން ފޮޓޯ/ މުހައްމަދު އަފްރާހް މުބާރާތުގެ އެންމެ މޮޅު 11 ކުޅުންތެރިން ހޮވާފައިވާއިރު، އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔަކަށް ހޮވުނީ އަހްމަދިއްޔާގެ މުހައްމަދު ރިމްހާން ގާސިމް އެވެ. މުބާރާތުގެ ފެއަރ ޕްލޭ ޓީމަކަށް ހޮވުނީ ހިރިޔާ ސްކޫލެވެ.މިއަހަރުގެ އިންޓަރ ސްކޫލް 14 އަހަރުން ދަށުގެ ފުޓްބޯޅަ މުބާރާތުގައި 12 ސްކޫލަކުން ވާދަކުރިއިރު، އަތޮޅުތެރޭގެ ސްކޫލެއް ކަމަށްވާ އއ. ތޮއްޑޫ ސްކޫލުން ވެސް ވަނީ މުބާރާތުގައި ވާދަކޮށްފައެވެ. މުބާރާތް ކުރިއަށްދިޔައީ 3 ގްރޫޕަކަށް ބަހާލައިގެންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ