ވިލިގިލީ ދާއިރާގެ މެންބަރު ސައުދު ހުސައިން ބުރާސްފަތި ދުވަހުގެ ރޭ ފުލުހަށް ހާޒިރުވާން ޗިޓު ފޮނުވައިފިއެވެ.
ފުލުހުން ތަހުގީގު ކުރަމުންދާ މައްސަލައަކާއި ގުޅިގެން ސައުދު ފުލުހަށް ހާޒިރުވާން އަންގާފައިވަނީ ބުރާސްފަތި ދުވަހުގެ ރޭ 20:30 އަށެވެ. ސައުދު ހާޒިރުވާން އަންގާފައިވަނީ ފުލުހުން ބަލަމުންދާ މައްސަލައަކާއި ގުޅިގެން ކަމަށް ޗިޓުގައި ބުނެފައިވެއެވެ.
ސައުދު ފުލުހަށް ހާޒިރު ކުރާއިރު ސައުދުވަނީ ސަރުކާރަށް ކުރާ ތާއީދު އަނބުރާ ގެންގޮސް އިދިކޮޅު ފަރާތްތަކާއި ގުޅިވަޑައިގެންފައެވެ.
ސައުދުގެ މައްޗަށް ތަހުގީގު ކުރަމުންދަނީ ކޮން މައްސަލައެއްކަން އަދިވަނީ ސާފުވާ ގޮތް ނުވެފައެވެ. މިހަބަރާއި ގުޅޭ ގޮތުން ފުލުހުންގެ ބަހެއް އަދިވަނީ ލިބޭ ގޮތް ނުވެފައެވެ.
ސައުދު ބުރާސްފަތި ދުވަހުގެ ރޭ ފުލުހަށް ހާޒިރު ކުރާއިރު އިދިކޮޅު ބައެއް މެންބަރުން މީގެ ކުރިން އެކި އެކި މައްސަލަތަކާއި ގުޅިގެން އެތައް ފަހަރެއްގެ މަތިން ފުލުހަށް ހާޒިރުކޮށްފައިވެއެވެ.
ވިލިގިލީ ދާއިރާގެ މެންބަރު ސައުދު ފުލުހަށް ހާޒިރު ކުރަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ