އަވަހާރަ ކޮށްލާފައިވާ ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެމްބަރު އަދި ދީނީ އިލްމުވެރިއާ ޑރ އަފްރާޝީމް އަލީ އަވަހާރަ ކޮށްލުމުގައި ބައިވެރިވި އެންމެންކަނަށް ހައްޤު އަދަބު ދިނުނަ އަވަސްކުރަން ޖެހޭކަމަށް ރައީސް މައުމޫނު އަބްދުލްޤައްޔޫމް ވިދާޅު ވެއްޖެއެވެ.
ރައީސް މައުމޫނު މިހެން ވިދާޅުވީ ޑރ އަފްރާޝީމް އަވަހާރަކޮށްލިތާ މިއަދަށް ފަސް އަހަރު ފުރޭ އިރު، ކުރެއްވި ޓްވިޓެއްގައެވެ.May Allah bless the soul of shaheed Dr Afrashim with His eternal mercy! 5 years after he left us at the hands of assassins. 1/2— Maumoon Abdul Gayoom (@maumoonagayoom) October 1, 2017ރައީސް މައުމޫނު ވިދާޅުވީ ޑރ އަފްރާޝީމްގެ ޤާތިލުންނަށް ހައްގު އަދަބު ދިނުމަކީ މުޅިޤައުމުގެ ވެސް އެދުން ކަމުގައެވެ... Nation demands that all persons responsible for his untimely death be brought to justice without further delay.— Maumoon Abdul Gayoom (@maumoonagayoom) October 1, 2017ޑރ އަފްރާޝީމް އަވަހާރަކޮށްލީ 2012 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ ފުރަތަމަ ދުވަހުގެ ރޭ އަފްރާޝީމް ދިރިއުޅުއްވި ހ. ފުންވިލުގެ ސިޑިމަތިން ބަޔަކު ވަޅިން ހަމަލާދީގެންނެވެ.
އަފްރާޝީމްގެ ޤާތިލުންނަށް ހައްޤު އަދަބު ދިނުން އަވަސްކުރަންޖެހޭ: ރައީސް މައުމޫނު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ