މޫސުން ގޯސްވުމުން ގައްބެ އަށް މިއަދު ކަނޑުމައްޗަކަށް ނުނިކުމެވުނު

ރާއްޖެ ވަށައި ކަޓަމަރާނެއްގައި
ދަތުރުކުރަމުން އަންނަ އަބްދުލްޣަފޫރު އަލީ (ގައްބެ)ގެ ދަތުރަށް މޫސުން ހުރަސްއަޅައި
މިއަދާއި މާދަމާ ވެސް އެއްގަމުގައި މަޑުކުރަން ޖެހިއްޖެ އެވެ. މޫސުން ގޯސްވުމުގެ ސަބަބުން ގައްބެ މިއަދު މަޑު ކުރާނީ ދ. ކުޑަހުވަދޫގަ އެވެ. އޭނާ ކުޑަހުވަދު އަށް ދިޔައީ އިއްޔެ ހަވީރެވެ. އަދި ހުކުރު ދުވަހަކީ އޭނާ ދަތުރު ނުކުރާ ދުވަހަކަށް ވާތީ މާދަމާ ވެސް އޭނާ ހުންނާނީ އެ ރަށުގަ އެވެ. ގައްބެ އިއްޔެ ކުޑަހުވަދުއަށް ދިޔުމުން އޭނާއަށް އެ ރަށުން މަރުހަބާ ކިޔަނީ: މާދަމާ ވެސް އޭނާ މަޑުކުރާނީ އެ ރަށުގައި -- ފޮޓޯ: އެޓޯލް ސެއިލާ ކުޑަހުވަދޫން ފުރައިގެން ގައްބެ ދިޔުމަށް ހަމަޖެހިފައިވަނީ ފ. ފީއައްޔަށެވެ. ގައްބެ ބުނީ މޫސުމަށް އޭނާ ވަރަށް އިހުތިރާމް ކުރާ ކަމަށާއި މޫސުމް ގޯސް ކަމަށް، ކަމާ ބެހޭ ފަރާތްތަކުން އަންގާނަމަ އޭނާ ދަތުރަށް ނުފުރާނެ ކަމަށެވެ.ކ. އަތޮޅުން ފެށިގެން ގދ. އަތޮޅާ ދެމެދަށް މިއަދު މޫސުމް ގޯސްވާނެ ކަމަށް މޫސުމާ ބެހޭ އިދާރާ އިން ވެސް ވަނީ ބުނެފަ އެވެ. އެހެންވެ ބޯކޮށް ވާރޭ ވެހި، މޫސުމް ގޯސްވުމުން އެ އިދާރާ އިން ވަނީ މި ސަރަހައްދަށް ޔެލޯ އެލާޓް ވެސް ނެރެފަ އެވެ. ރާއްޖޭގެ އިރުމަތީ ބިތުން ރާއްޖޭގެ ދެކުނަށް އޭނާ ކުރި ދަތުރުގައި ލ. އަތޮޅާ ހަމަ އިން ވެސް މޫސުން ވަރަށް ގޯސްވި އެވެ. އެހެންވެ، އެ ފަހަރު ތިން ދުވަހު ލ. ފޮނަދޫގައި މަޑުކުރަން ޖެހުނެވެ. ގައްބެ އިއްޔެ ކުޑަހުވަދުއަށް ދިޔުމުން އޭނާއަށް މަރުހަބާ ކިޔުމަށް އެ ރަށުގެ ބަޔަކު މަޑުކޮށްލައިގެން -- ފޮޓޯ: އެޓޯލް ސެއިލާ ގައްބެ ދަތުރަށް ނުކުތީ 23 ދުވަހުގެ ތެރޭގައި ރާއްޖެ ވަށައި ބުރެއް ޖެހުމަށް  އަޒުމު ކަނޑައަޅައިގެންނެވެ. އެކަމަކު މޫސުން ގޯސްވުމުގެ ސަަބަބުން ދެން ދަތުރު ނިންމޭނީ 37 ދުވަސް ފަހުން، އަންނަ މަހު ހަތެއްހާ ތަނުގައި ކަމަށް ގައްބެ ލަފާ ކުރެ އެވެ.ރާއްޖޭގައި މި ފަދަ ގޮތަކަށް މީހަކު ކުރާ އެންމެ ފުރަތަމަ ދަތުރުގައި
ކޮންމެ ރަށަކުން ވެސް ގައްބެ އަށް އަންނަނީ ހޫނު ތަރުހީބެއް ލިބެމުންނެވެ.
އޭނާ ލަފާ ވަގުތަށް ކޮންމެ ރަށަކުން ވެސް ގިނަ ބަޔަކު އަތިރިމައްޗަށް
އެއްވާ އިރު ބައެއް ރަށްރަށުން އޭނާ އަށް މަރުހަބާ ކިޔަނީ ސަގާފީ
ނެށުންތަކުންނެވެ.ގައްބެ އިއްޔެ ކުޑަހުވަދުއަށް ދިޔުމުން އެ ރަށުގެ ގިނަ ބަޔަކު އަތިރިމައްޗަށް ނިކުމެ އޭނާއާ ސަލާމް ކުރަނީ -- ފޮޓޯ: އެޓޯލް ސެއިލާ ރާއްޖެ ވަށައިގެން ކުރާ އެ ދަތުރުގައި އޭނާ ރަށްރަށަށް މަޑުކުރަނީ އެ
ރަށްރަށުގައި ހުންނަ އާސާރީ ތަންތަނާއި ގުދުރަތީ ރީތިކަން ދެކިލުމަށެވެ. އެ
މަންޒަރުތައް ފޮޓޯ ނަގައި ވީޑިއޯ ކުރަނީ ގައްބެގެ ދަތުރު އިންތިޒާމް ކުރާ
އެޓޯލް ސެއިލާއިންނެވެ. ރާއްޖޭގެ ޓޫރިޒަމް ކުރިއެރުވުމަށް، ޓޫރިޒަމް މިނިސްޓްރީއާ ގުޅިގެން ހިންގާ
މި ހަރަކާތުގެ މެއިން ސްޕޮންސަރަކީ އެލިއާ އެވެ. "ހަވީރަ"ކީ މި ދަތުރުގެ
މީޑިއާ ޕާޓްނަރެކެވެ. އަނެއް މީޑިއާ ޕާޓްނަރަކީ
ޕީއެސްއެމް އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ