މިރޭ ފުލުހުންގެ އިދާރާއަށް ހާޒިރުވުމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމަށް އެންގުމަށްފަހު ފުލުހަށް ހާޒިރުވުން މާދަމާއަށް ފަސްކޮށްފިއެވެ.
ގާނޫނީ ވަކީލު އަލްއުސްތާޒު މުހައްމަދު ވަހީދު އިބްރާހިމް ވިދާޅުވީ މިރޭ 9:00 އަށް ފުލުހުންގެ އިދާރާއަށް ހާޒިރުވުމަށް ގާސިމަށް އެންގުމަށްފަހު ފުލުހަށް ހާޒިރުވުން މާދަމާއަށް ފަސްކޮށްފައިވާކަމަށެވެ.
އެގޮތުން މިހާރު ގާސިމް ފުލުހަށް ހާޒިރުވާން އަންގާފައިވަނީ މާދަމާ ހަވީރު 4:00 ޖަހާއިރުކަމަށް ވަހީދު ވިދާޅުވިއެވެ.
މިިދިޔަ ހަފްތާގެ ބުދަ ދުވަހުގެ ރޭވެސް ގާސިމް އިބްރާހިމް ވަނީ ފުލުހުންގެ އިދާރާއަށް ހާޒިރުކޮށްފައެވެ.
ފުލުހުންގެ އިދާރާއަށް ހާޒިރުކުރީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ރިޝްވަތު ދޭން އުޅުނު ކަމުގެ ތުހުމަތުގައި ކަމަށް އެރޭ ގާުސިމް ވަނީ ވިދާޅުވެފައެވެ.
ގާސިމް އިބްރާހީމް ވިދާޅުވީ ފުލުހުން އެމަނިކުފާނާ ސުވާލުކުރެއްވީ އިދިކޮޅު ލީޑަރުން ބޭއްވި ޖަލްސާއެއްގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އިތުރު ދައުރަކަށް ހޮވުމަށް އެހީތެރިވެ ދެއްވާނެ ކަމަށް ވިދާޅުވުމާ ގުޅިގެން ކަމަށެވެ. ނަމަވެސް އެ ވާހަކަ ދެއްކެވީ އެމަނިކުފާނު ނިސްބަތްވާ ޖޭޕީގެ މަޖިލިސް މެންބަރުންނާ މުހާތަބު ކުރައްވާ ކަމަށްވެސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ އެމަނިކުފާނު ކުރައްވަމުން ގެންދަވަނީ ދިވެހި ރައްޔިތުންނަށްޓަކައި ކުރައްވާ ގައުމީ މަސައްކަތެއް ކަމަށެވެ.
ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ބުދަ ދުވަހުގެރޭ ފުލުސް އޮފީހަށް ހާޒިރުކުރީ ބަންޑާރަނައިބް ހުށަހެޅުއްވި މައްސަލައަކާއި ގުޅިގެން ކަމަށް ޖުމްހޫރީ ޕާޓީގެ ނައިބް ލީޑަރު އަދި ކުރީގެ ކޮމިޝަނާ އޮފް ޕޮލިސް އަބްދުﷲ ރިޔާޒު ވަނީ ވިދާޅުވެފައެވެ.
ގާސިމް ފުލުހަށް ހާޒިރުކުރުން މާދަމާއަށް ފަސްކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ