ގްރޭޑް 1 ކްލާސްތަކުގައި ތިބޭނީ 35 ކުދިން ކަމަށް ސްރީލަންކާގެ ސުޕްރީމް ކޯޓުން ކަނޑައަޅައިފި

(ކޮލޮމްބޯ، ސްރީލަންކާ): ސްރީލަންކާގެ ސަރުކާރުން ހިންގާ ސްކޫލުތަކުގެ ގްރޭޑް 1 ކްލާސްތަކުގައި ތިބެން ޖެހޭނީ ގިނަވެގެން 35 ދަރިވަރުން ކަމަށް ސްރީލަންކާގެ ސުޕްރީމް ކޯޓުން ކަނޑައަޅައިފިއެވެ.
ސްރީލަންކާގެ މީޑިޔާގައި ރިޕޯޓު ކުރާ ގޮތުން، ގްރޭޑް އެކެއްގެ ކޮންމެ ކްލާހެއްގައި އެންމެ ގިނަ ވެގެން ޖާގަ ދެވޭނީ 35 ކުދިންނަށް ކަމަށް ބުނެ ސުޕްރީމް ކޯޓުން އެޑިއުކޭޝަން މިނިސްޓްރީގެ މައްޗަށް އަމުރެއް ނެރެފައިވާ އިރު، މި އަމުރު ތަންފީޒު ކުރަންޖެހެނީ 2017 ވަނަ އަހަރުގެ އެޑްމިޝަނުން ފަށާއިގެންނެވެ.
ސަބަބަކީ، 2016 ވަނަ އަހަރު ސްކޫލުތަކުގެ ޖާގަ މިހާރު ދެވިފައިވާ އިރު، ކްލާސްތަކުގެ ކުދިންގެ އަދަދު މިހާރު މަދު ކުރަންވެއްޖެ ނަމަ، ގިނަ ދަރިވަރުންތަކެއް ކިޔެވުމުން މަހްރޫމުވާނެތީ ކަމަށް އެޑިއުކޭޝަން މިނިސްޓްރީއިން ބުނެއެވެ.
އެޑިއުކޭޝަން މިނިސްޓަރ އާކިލަ ވިރާޖް ކަރިޔާވަސަމް ވަނީ މި މައްސަލަ ސްރީލަންކާގެ ކެބިނެޓުގައިވެސް މަޝްވަރާ ކުރައްވައިފައެވެ.
"ކްލާސްތަކުގައި ތިބޭ ކުދިންގެ އަދަދު ލިމިޓު ކުރުމުގެ މަޤްސަދަކީ ތައުލީމުގެ ކޮލިޓީ ކަށަވަރު ކުރުން،" އެޑިއުކޭޝަން މިނިސްޓްރީގެ އެޑިޝަނަލް ސެކްރެޓަރީ އެޗްޔޫ ޕްރޭމަތިލަކަ ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ