ސަފާރީގައި ހިނގީ ވަރަށް ކުޑަކަމެއް: އިމްރާން

ހުޅުމާލޭ ފަޅުގައި އަޅާފައި އޮތްް ސަފާރީއެއްގައި ހިނގައި ދިޔައީ ރޭޕްގެ ހާދިސާ އެއް ނޫން ކަމަށާއި އެ ވަހާކަ އާންމުންގެ ތެރޭގައި ދައްކަނީ ކަން  ހިނގިގޮތަށްވުރެ ބޮޑުކޮށްލައިގެން ކަމަށް ދޭހަވާ ފަދަ ގޮތަކަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވާހަކަ ދައްކަވައިފިއެވެ. ދިވެހިރާއްޖޭގެ އަޑުން މިރޭ ގެނެސްދިން ޕްރޮގްރާމެއްގައި އެހުންތެރިއަކު ފޮނުވި ސުވާލަކަށް ދެއްވި ޖަވާބުގައި އިމްރާން ވިދާޅުވީ އެމައްސަލާގައި އިޖުރާއީ މައްސަލަތަކެއް ހުރިކަމަށާއި ނަމަވެސް ކަން ހިނގާދިޔަ ގޮތަށް ބަލާއިރު އާންމުންގެ ތެރޭގައި ވާހަކަ ދެކެވެނީ ކަން ހިނގިގޮތަށްވުރެ މާ ބޮޑުކޮށް ކަމަށެވެ. "ތީގައި ވަރަށް ތެދަށް ދަންނަވާނީ. ބައެއް ކަންކަން، އެންމެ ފުރަތަމަ އޭނަ [ވިކްޓިމް] ގެންގޮސް ދޫކޮށްލުމުގައްޔާއި އެކަންތަކުގައި އެބަހުރި ޕްރޮސީޖާ އިން ބޭރު ކަންތައްވެސް،" އިމްރާން ވިދާޅުވިއެވެ. އިމްރާން ވިދާޅުވީ، އެ ބޭފުޅާވެސް ފުރަތަމަ ހީކުރެއްވީ އެއީ ރޭޕް ކޭސް އެއް ކަމަށާއި، ނަމަވެސް ގާތުން ބެލީމަ އެއީ ރޭޕެއް ނޫންކަން އެނގޭކަމަށެވެ. "އެހެން ނަމަވެސް އަޅުގަނޑަށް ދަންނަވަން ކެރިދާނެ އާންމު ޕަބްލިކް ތަނެއްގައިވެސް ހުރެފައިވެސް ބަޔެއްގެ ތެރޭގައި ހުރެފައިވެސް މިީހަކަށް ކޮށްލެވިދާނެ ވަރުގެ ކަމެއްގެ ވާހަކަ އެއީ. އަދި ކުރީމަ ކަމެއް ކުރިކަންވެސް ނެނގޭ ވަރުގެ ކަމެއް ހިނގާފައި އޮތީ،" އިމްރާން ވިދާޅުވިއެވެ.މީގެ އިތުރުން އިމްރާން ވަނީ އެ މައްސަލާގައި ޝިކާރައަކަށްވި މީހާގެ ބަޔާންވެސް އެކި ގޮތްގޮތަށް ބަދަލުވެފައިވާ ކަމަށެވެ. އަދި އާންމުުންގެ ތެރޭގައި މިހާރު މިދެކެވެނީ ހަގީގަތާއި ހިލާފު ވާހަކައެއް ކަމަށް އިމްރާން ވިދާޅުވިއެވެ. އެ މައްސަލައާއި ގުޅިގެން ފުލުހުން ފުރަތަމަ ދެމީހުން ހައްޔަރު ކުރިނަމަވެސް ކޯޓަށް ގެންދިޔުމަކާއި ނުލާ ވަނީ ދޫކޮށްލާފައެވެ. އަދި އެކަމާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން ސަރުކާރަށް އަމާޒުވެ އެދުވަސްވަރު މާލޭގައި މުޒާހަރާތަކެއްވެސް ކުރިއެވެ. 
މިލިޔުން ކިޔާލުމުން
0 %
އުފާވި
0 %
ދެރަވި
0 %
ރުޅިއައި
0 %
މައުލޫމާތު މުއްސަނދިވި
ކިޔުންތެރިންގެ ހިޔާލު
ފޮނުވާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ