ޕީޕީއެމަށް ތިން އަހަރު ފުރުމުގެ މުނާސަބަތުގައި މިދިޔަ ހުކުރު ދުވަހު "ކާމިޔާބު ތިނެއް" ގެ ނަމުގައި ކާނިވަލުގައި ބޭއްވި ޖަލްސާއަކީ ފުރިހަމަ އަދި ފޯރިގަދަ ޖަލްސާއެއް ކަމަށް ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް އަލްއުސްތާޒް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.
ރައީސް މައުމޫން މިހެން ވިދާޅުވީ މި ޖަލްސާ އިންތިޒާމު ކުރުމުގައި އިސްކޮށް ހަރަކާތްތެރިވި ބޭފުޅުންނާއި ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައިއެވެ.
ޕީޕީއެމް އޮފީހުގައި ރޭ ބޭއްވި ބައްދަލުކުރެއްވުމުގައި ރައީސް މައުމޫން ވަނީ ޖަލްސާގެ ކަންކަން ފުރިހަމައަށް އިންތިޒާމުކޮށްފައިވާތީ ޖަލްސާގެ ކަންކަން ކުރިއަށް ގެންދިއުމަށް އެކުލަވާލި ހާއްސަ ކޮމިޓީގައި ހިމެނިވަޑައިގަންނަވާ ހުރިހާ މެންބަރުންނަށާއި، ޕާޓީގެ ކައުންސިލާއި، ޕާލަމަންޓްރީ ގްރޫޕާއި، އޮފީހުގެ މުވައްޒަފުންނާއި އެކި ގޮތްގޮތުން އެހީތެރިވެދިން ފަރާތްތަކަށް ޝުކުރު އަދާކުރައްވާފައެވެ.
އަދި މިޖަލްސާގައި ޕާޓީގެ އާންމު މެންބަރުންގެ ފަރާތުން ލިބިގެންދިޔަ ޝައުގުވެރިކަން ފާހަގަކުރައްވާ އެކަމާއި އުފާކުރައްވާ ކަމަށާއި ޕާޓީގެ މެންބަރުން ދެއްވި ތަރުހީބަށްޓަކައި ޝުކުރު ދަންނަވާ ކަމަށް ވެސް ރައީސް މައުމޫން ވިދާޅުވެފައިވެއެވެ.
އަދި އަންނަ ބުރާސްފަތި ދުވަހުގެރޭ ބޭއްވުމަށް ސަރުކާރުގެ ކާމިޔާބު 365 ދުވަސް، ފާހަގަކުރުމަށް ބާއްވާ ޖަލްސާއަކީ "ކާމިޔާބު ތިނެއް" ޖަލްސާއަށް ވުރެ ފޯރި ގަދަ ޖަލްސާއަކަށް ހެދުމަށްޓަކައި މަސައްކަތްކޮށްދެއްވުމަށް ރައީސް މައުމޫން އެދިވަޑައިގެންނެވިއެވެ.
ޕީޕީއެމްއިން ހުކުރު ދުވަހު ބޭއްވި ޖަލްސާއަކީ ފުރިހަމަ ޖަލްސާއެއް - މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ