ޓިއުޝަން ޓީޗަރެއް، ކުއްޖަކަށް ޖިންސީގޯނާ ކުރިކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ފުލުހުން ބަލަން ފަށައިފި
ޓިއުޝަން ޓީޗަރެއް، ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ. ހުޅުމާލޭ ގެއެއްގައި، ޓިއުޝަން ޓީޗަރަކު، ދަރިވަރަކަށް ޖިންސީގޯނާ ކުރި ކަމަށް ތުހުމަތު ކުރެވޭ މި މައްސަލަ ހުށައަޅާފައި ވަނީ މިިދިޔަ ހޮނިހިރު ދުވަހު ކަމަށް ފުލުހުން ބުންޏެވެ. އަށާރަ އަހަރުން ދަށުގެ އަންހެން ކުއްޖަކަށް ޖިންސީގޯނާ ކުރިމަކަށް ބުނާ މި މައްސަލައާ ގުޅިގެން މިހާތަނަށް މީހަކު ހައްޔަރު ކޮށްފައި ނުވާކަމަށް ފުލުހުން ބުންޏެވެ. ނަމަވެސް މި މައްސަލަ ފުލުހުން ދަނީ ތަހިގީގު ކުރަމުންނެވެ. ކުޑަކުދިންނަށް ގޯނާ ކޮށްގެން، މިދިޔަ ފެބްރުއަރީ 106 މައްސަލައެއް ޖެންޑާ މިނިސްޓްރީއަށް ވަނީ ހުށައަޅާފައެވެ. ޖެންޑާ މިނިސްޓްރީން ބުނެފައި ވަނީ، ފެބްރުއަރީ މަހު އެންމެ ގިނައިން ޖެންޑާ އެ މިނިސްޓްރީއަށް ހުށަހެޅީ ކުޑަކުދިންނަށް އެކި ބާވަތުގެ އަނިޔާ ކުރުމުގެ މައްސަލަތައް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ