ފެޓީ ލިވާ ހުންނަނީތަ؟ މި ބާވަތްތައް ކެއުމުގައި ހިމަނާ
މޭގަނޑު ނުވަތަ ފުރަމޭއަކީ އިންސާނާގެ ހަށިގަނޑުގައިވާ އެންމެ ބޮޑު ގުނަވަނެވެ. މިއީ ހަށިގަނޑުގައި ހިނގާ މެޓަބޮލިޒަމްގެ މަސައްކަތުގައި މުހިންމު ދައުރެއް އަދާކުރާ ގުނަވަނެކެވެ. މޭގަނޑު (ލިވާ)އަކީ ފުއްޕާމެޔަށް ވުރެ ތިރީގައި ގޮހޮރާއި ގުޅިފައިވާ ގުނަވަނެކެވެ. މޭގަނޑުގެ މައިގަނޑު އެއް މަސައްކަތަކީ އިންސާނުން ކާތަކެތިން ހަށިގަނޑަށް ބޭނުންވާ މާއްދާތާއް އެ ބޭނުންވާ ގޮތަކަށް ބަދަލުކޮށް އެއް ހަމައަކަށް ހަށިގަނޑުގެ އެކި ގުނަވަންތަކަށް ބަހާލުމެވެ. ހަށިގަނޑަށް ބޭނުންވާ ހަކަތައާއި އިންސިއުލޭޝަނަށް ފެޓް ރައްކާކޮށްދިނުމުގައި އެކި ގުނަވަންތަކުން ޚާއްސަ ރޯލެއް ކުޅޭއިރު މޭގަނޑަކީ ވެސް މި ފެޓް ރައްކާކޮށްދޭ އެއް ގުނަވަނެވެ. މޭގަނޑު ނުވަތަ ލިވާގައި ހުންނަ ފެޓް މާ ގިނަވެއްޖެނަމަ އެއީ ފެޓީ ލިވާ ހުރިކަން ރަމްޒުކޮށްދޭ ކަމެކެވެ. ލިވާގައި ފެޓީ ހުންނަކަން އެނގޭ ހިސާބުން ޑައިޓީޝަނެއްގެ އިރުޝާދުގެ ދަށުން ކެއުމަށް ބަދަލުތަކެއް ގެންނަން ސަމާލުކަން ދިނުމަށް ސިއްހީ މާހިރުން ލަފާ ދެއްވާ--ފޮޓޯ/ޕިންޓްރެސްޓް ފެޓީ ލިވާގެ ސަބަބުން މެއަށް ގެއްލުންވެ، ލޭގައި ހުންނަ ވިހަ މާއްދާތައް ނައްތާލައި ހަޖަމު ކުރުމުގެ ނިޒާމަށް ބައިލް އުފައްދަން ހުރަސް އަޅައެވެ. ލިވާއަށް މި މަސައްކަތްތައް ހަރުދަނާ ގޮތެއްގައި ނުކުރެވޭ ހިނދު އޭގެ ސަބަބުން ހަށިގަނޑަށް އެހެން މައްސަލަތަކެއް ކުރިމަތިވުމުގެ ފުރުސަތު ބޮޑެވެ. ލިވާގައި ސަރުބީ ހުންނަނަމަ ކެއުމަށް ގެނެވޭ ބަދަލުތަކަކީ މި ބައްޔަށް ފަރުވާ ހޯދުމަށް އެޅޭނެ ފުރަތަމަ ފިޔަވަޅު ކަމަށް ރެޖިސްޓަޑް ޑައިޓީޝަން އަދި ނިއުޓްރިޝަނިސްޓް ކިމް ޗިން ވަނީ ބުނެފައެވެ. އެގޮތުން، ކޮމްޕްލެކްސް ކާބޯހައިޑްރޭޓްސް، ފައިބާ އަދި ޕްރޮޓީން އެކުލެވޭ ގުދުރަތީ ކާނާ ކެއުމަކީ ރަނގަޅު ފެށުމެއް ކަމަށް ކިމް ޗިން ބުނެފައިވެއެވެ. މިފަދަ ކާނާ ތަކުގެ ސަބަބުން ހަށިގަނޑުގެ ހަކަތަ އިތުރުކޮށްދީ މާ އަވަސް އަވަހަށް ބަނޑުހައިވުމުން ދުރުކޮށްދޭނެއެވެ. ފެޓީ ލިވާ ހުންނަނަމަ ކެއުމުގައި ވަކި ހާއްސަ ބާވަތްތަކެއް ހިމަނާލެވިދާނެ--ފޮޓޯ/ޕިންޓްރެސްޓް ފެޓީ ލިވާ ހުންނަނަމަ ލައިފްސްޓައިލަށް ގެނެވޭ ބަދަލުތަކުގެ ސަބަބުން ވެސް އެކަމަށް ހައްލެއް ލިބުމަށް އެހީވެދޭނެއެވެ. އެގޮތުން، ކޮންމެ ދުވަހަކު ވެސް ބޭނުންކުރާ ކެލޮރީގެ މިންވަރު މަދުކޮށް ގަވައިދުން ކަސްރަތުކުރުމަށް ސަމާލުކަން ދެވިދާނެއެވެ. ހަމައެއާއެކު ހަރަކާތްތެރިކޮށް އުޅުމަކީ ވެސް ކުރެވިދާނެ ކަމެކެވެ. ކިމް ޗިމް ފާހަގަކުރި ގޮތުގައި ފެޓީ ލިވާ ހުންނަނަމަ ޑައިޓީޝަނެއްގެ ލަފައާއި އިރުޝާދުގެ ދަށުން އެ މީހެއްގެ ހަށިގަނޑާ ގުޅޭނެ ކަހަލަ މީލް ޕްލޭންއެއް ތައްޔާރުކޮށްލުމަކީ ވެސް ކުރެވިދާނެ ކަމެކެވެ. ފެޓީ ލިވާ ހުންނަ މީހުންނަށް ތިރީގައި މި ބަޔާންކުރާ ބާވަތްތަކަކީ ވެސް ކެއުމުގައި ހިމަނާލެވިދާނެ މުހިންމު ކާނާގެ ބާވަތްތައް ކަމަށް ކިމް ޗިން ވަނީ ބުނެފައެވެ. އޭގެ ތެރޭގައި: ލޮނުމެދު އޮމެގާ – ފެޓީ އެސިޑްސް ކޮފީ ބްރޮކޮލީ ގްރީން ޓީ ވޯލްނަޓްސް ސޯއި ނުވަތަ ވޭ ޕްރޮޓީން ފެޓީ ލިވާ ހުންނަ މީހުން ތިރީގައި މި ބަޔާންކުރާ ކެއުންތަކާ ދުރުވުމަށް ޑައިޓީޝަން ކިމް ޗިން ވަނީ އިރުޝާދުދީފައެވެ. ތެލުލާފައި ހުންނަ ހެދިކާ ނުވަތަ އެހެނިހެން ކާނާތައް ލޮނު މާގިނައިން އެކުލެވޭ ކާނާ ގެރި މަސް އަދި ޑެލި މީޓް ބާވަތްތައް ހަކުރު އެކުލެވޭ ފޮނި ކެއުންތައް ދަޅުގައި ބަންދުކޮށްފައި ހުންނަ ބުއިންތައް ހިމެނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ