މެމްބަރު އަޙްމަދު ހަލީމްގެ ބައްޕާފުޅު އަވަހާރަވެއްޖެ

ރައްޔިތުންގެ މަޖިލީހުގެ ބިލެއްދޫ ދާއިރާގެ މެންބަރު ދޮންބިލެއް އަޙުމަދު ހަލީމާއި ބްރޯޑްކާސްޓިންގ ކޮމިޝަނުގެ ރައީސާ މަރިޔަމް ވަހީދާގެ ބަންޕާފުޅު، އަބްދުލްޤުއްދޫސް އިބްރާހީމް އަވަހާރަވެއްޖެއެވެ.
ގުއްދޫސް އަވަހާރަވެފައިވަނީ، ގިނަ ދުވަސްތަކެއްވަންދެން އާލާސްކަންފުޅާ އުޅުއްވުމަށްފަހު، އޭޑީކޭ ހޮސްޕިޓަލުން ފަރުވާ ހޯދަމުންދަނިކޮށް މިއަދު މެންދުރުއެވެ.
އަވަހާރަވީއިރު އުމުރުފުޅަކީ 82 އަހަރެވެ.
ގުއްދޫސްއަކީ ވިޔަފާރީގެ ރޮގުން ޚިދުމަތްކުރައްވާފައިވާ ބޭފުޅެކެވެ. އަދި ކުޅިވަރުގެ ދާއިރާ ކުރިއެރުވުމަށްވެސް މަސައްކަތް ކުރެއްވި ބޭފުޅެކެވެ.
ގުއްދޫސްގެ މައްޗަށް ކަށުނަމާދު ކުރުން އޮންނަނީ މިރޭ 10:30ގައި އިސްލާމީ މަރުކަޒުގައެވެ. އަދި ކަށުކަމާކެމީގެ ކަންކަން ކުރިއަށް ހަމަޖެހިފައިވަނީ އާސަހަރާގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ