އެއްޖިންސުން ގުޅުން ހިންގުން އާއްމުވިއިރު، ސަރުކާރު ފެންނަނީ ކުޅިބަލާ މީހެއްގެ ސިފައިގައި: އުމަރު

އެއް ޖިންސުން ގުޅުން ހިންގުމަކީ ބޮޑުކަމެއް ނޫން ކަމަށް ދައްކާ ރާއްޖޭގައި އެލްޖީބީޓީ ފެތުރުމަށް އެތައް މަސައްކަތް ތަކެއް ކުރެވެމުންދާއިރު ސަރުކާރު ފެންނަނީ ކުޅިބަލާ މީހެއްގެ ސިފައިގައި ކަމަށް ވިދާޅުވެ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރުގެ ފާޑުވިދާޅުވުން ސަރުކާރަށް އަމާޒުވެއްޖެ އެވެ.އުމަރު މިގޮތަށް ވިދާޅުވެފައި ވަނީ ގިނަ އަދަދެއްގެ ދިވެހިންނާ އެއްޖިއްސުން ގުޅުން ހިންގައި، ވީޑިއޯކުރި ބަންގްލަދޭޝް މީހެއްގެ މައްސަލަ އާއި، ބައެއް މީހުން އެއްޖިންސުން ގުޅުން ހިންގާ މަންޒަރު ފެންނަ ވީޑިއޯ އާއި އަދި ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު ހުސައިން ޝަހީމް (އަނދުން ހުސައިން)ކަމަށް ބެލެވޭ މީހެއްގެ ބަރަހަނާ ފޮޓޯއެއް ލީކްވެފައިވާ ދަނޑިވަޅެއްގައެވެ.ވީޑިއޯ އިން ފެންނަ ކަމަށް ބުނާ ބަންގާޅު މީހާވެސް މިހާރު ވަނީ ފުލުހަށް ހާޒިރުކޮށް ސުވާލު ކޮށްފައެވެ. ނަމަވެސް ތުހުމަތުވާ މީހުން ހައްޔަރު ކުރަން ފުލުހުން ފަސް ޖެހޭ ކަމަށް އާންމުންގެ ގިނަ ބަޔަކު ދެކެއެވެ. އަދި އެ މައްސަލައަށް ނުފޫޒު ގަދަ ބާރެއް ވަދެފައިވާ ކަމަށް ދެކެއެވެ.އުމަރު މިއަދު ކުރެއްވި ފޭސްބުކް ޕޯސްޓެއްގައި ބުނެފައިވަަނީ، ލިވާތު ކުރުމަކީ ބޮޑުކަމެއް ނޫން ކަމަށް ދައްކާ، ރާއްޖޭގައި އެކަން ފެތުރުމަށް މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށެެވެ.އަދި މި މަސައްކަތުގައި، ރާއްޖޭގައި އޮފީސް ގާއިމް ކޮށްގެން ތިބެ މަސައްކަތްކުރާ ބައިނަލް އަގްވާމީ ޖަމާއަތްތަކާއި ރާއްޖެ ބައިވެރިވެފައިވާ ބައިނަލް އަގްވާމީ ޖަމާއަތްތައްވެސް ހިމެނޭ ކަމަށް އުމަރު ވިދާޅުވިއެވެ."ކޮންމެ ގައުމެއްގައި ވެސް އެ ގައުމަކުން ގަބޫލުކުރާ ދީނީ އަދި އަހްލާގީ މިންގަޑުތަކެއް ހުންނާނެ. އެ މިންގަޑުތައް ދިފާއުކޮށް އެ މިންގަޑުތައް ދެމެހެއްޓުމަކީ އެ ގައުމަކުން ކުރަން ޖެހޭނެ ކަމެއް،"ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެ ކަމަށްވެސް އިއުލާނު ކުރައްވާފައިވާ އުމަރު ވިދާޅުވި ގޮތުގައި ރާއްޖޭގައި ގާއިމް ކޮށްފަ ހުންނަ އޮފީހަކުން ނުވަތަ އެ އޮފީހުގައި ހުންނަ މީހަކުވެސް އެފަދަ ކަމަކަށް ހިތްވަރު ދީފިނަމަ އެ އޮފީހެއް ބަންދު ކުރަން ޖެހޭނެ އެވެ. ނުވަތަ އެ މީހަކު ފޮނުވާލަން ޖެހޭނެ އެވެ.އުމަރު އިތުރަށް ވިދާޅުވީ، ދިވެހިންގެ ތެރެއިން ބަޔަކު އެފަދަ އަމަލެއް ކޮށްފިނަމަ، ހައްޔަރު ކޮށް ފަޑިޔާރެއްގެ ކުރިމައްޗަށް ގެންނަން ވާނެ ކަމަށެވެ. އަދި އެއީ އެކަން ކުރީ 'ޝާހީ' އާއިލާ އަކުން ވިޔަސް އެކަން އޮންނަ ގޮތް ކަމަށް އޭނާ ވިދާޅުވިއެވެ."ދިވެހިންގެ ތެރޭގައި ފާހިޝް އަމަލުތައް ބޮޑުވުމުގެ ސަބަބުން ބަލިތައް ފެތުރުމާ، ރޭޕް ގިނަވުމާ، ހަށިވިއްކުމާ، ކުޑަކުދިންނާމެދު ބަދު އަހުލާގީ އަމަލު ހިންގުން ފަދަ ކަންކަން މިދަނީ އާންމު ވަމުން. މި ހުރިހާ ކަމެއް ފެންނަމުންދާއިރު، ސަރުކާރު ފެންނަނީ ކުޅިބަލާ މީހެއްގެ ސިފައިގައި". އުމަރު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ