ގޮއިދޫން ކަރަންޓް ކަނޑާތީ ރައްޔިތުން ކަންބޮޑުވެފައި

މިހާރަކަށް އައިސް ބ. ގޮއިދޫގެ އެކި
ސަރަހައްދުތަކުން ކަރަންޓް ކަނޑަމުންދާތީ ރައްޔިތުންގެ ޝަކުވާތައް ގިނަވެ،
ކަންބޮޑުވުން ފާޅު ކުރަން ފަށައިފި އެވެ.
ދޭތެރެ ދޭތެރެ އިން ކޮންމެ
ދުވަހަކު އެކި ގަޑިތަކުގައި ކަރަންޓް ކަނޑާތީ އާންމު ދިރިއުޅުމަށް ވެސް ވަރަށް
ބޮޑަށް ވަނީ ބުރޫ އަރައިފަ އެވެ.
އާންމުންގެ އެންމެ ބޮޑު
ކަންބޮޑުވުމަކީ ކަރަންޓްގެ މައްސަލައާ ހެދި އަގު ބޮޑު އިލެކްޓްރޯނިކް ސާމާނުތައް
ހަލާކުވަމުންދާތީ އެވެ.
އާބާދީގައި 800 އެއްހާ މީހުން
ދިރިއުޅޭ އެ ރަށަށް ކަރަންޓް ދެމުން ގެންދަނީ 250 ކިލޯވޯޓްގެ އެންމެ ޖަނަރޭޓަރަކުންނެވެ
ގޮއިދޫން ވާހަކަ ދެއްކި މީހަކު ބުނިގޮތުގައި އެރަށު އިންޖީނަށް މައްސަލަ ދިމާވެ، މިގޮތަށް އެކި ގަޑިތަކުގައި ކަރަންޓް ކަނޑަމުންދާތާ މަހެއްހާ ދުވަސް ވެއްޖެ އެވެ.
“އަޅުގަނޑަކީ
އާންމުކޮށް ކޮމްޕިއުޓަރު ބޭނުން ކުރާ މީހެއް. އިރު އިރުކޮޅާ ކަރަންޓް ދިއުމުގެ
ސަބަބުން މީތީގަ މިހާރު މައްސަލަ އެބަޖެހޭ. ބައެއް ފަހަރަށް މި ހުޅުވެނީ ވެސް،”
ގޮއިދޫން ވާހަކަ ދެއްކި މީހަކު ބުންޏެވެ.
މިކަމާގުޅޭ ގޮތުން ގޮއިދޫ ފެނަކަ އޮފީހާ ގުޅުމުން މަޢުލޫމާތު ލިބޭ ގޮތްވަނީ ނުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ