ރާއްޖޭގައި ބޭއްވި ކާވާ ވިމެންސް ލީގުގެ ތަށި އިރާނުގެ ފޫލާދަށް ރާއްޖޭގައި ބޭއްވި ކާވާ ވިމެންސް ލީގުގެ ތަށި އިރާނުގެ ފޫލާދަށް

ރާއްޖޭގައި ކުރިއަށްދިޔަ ސެންޓްރަލް އޭޝިއަން ވޮލީބޯލް އެސޯސިއޭޝަން (ކާވާ)ގެ ވިމެންސް ލީގުގެ ޗެމްޕިއަންކަން، އިރާނުގެ ފޫލާދު މުބާރަކާ ސެޕަހާން އިން ހޯދައިފި އެވެ.
މި މުބާރާތުގައި ރާއްޖޭގެ އިތުރުން އެހެން ފަސް ގައުމެއްގެ ކްލަބްތައް ވާދަކުރި އެވެ. އެއީ، ސްރީ ލަންކާގެ ހައިދަރަމާނީ ސްޕޯޓްސް ކްލަބް، ކަޒަކްސްތާންގެ ޓުރާން ވޮލީބޯލް ކްލަބް، ނޭޕާލްގެ ޕޮލިސް ކްލަބް، އުޒްބެކިސްތާންގެ ހޫމޯ ވޮލީބޯލް ކްލަބް އަދި އިރާނުގެ ފޫލާދު މުބާރަކާ ސެޕަހާން އެވެ.
ގްރޫޕް އޭގައި ހިމެނެނީ، ވެމްކޯ، ހިރުދަރަމާނީ އަދި ޓުރާން އެވެ. ގްރޫޕް ބީގައި ހިމެނެނީ، ނޭޕާލް ޕޮލިސް ކްލަބް، ހޫމޯ ވޮލީބޯލް ކްލަބް، ފޫލާދު މުބާރަކާ ސެޕަހާން އަދި ހުރާ އެެވެ. ރާއްޖޭގެ ވެމްކޯ އާއި ހުރާ އަށް ގްރޫޕް ސްޓޭޖު ފަހަނައަޅައި ނުދެވުނެވެ.
ފައިނަލުގައި ވާދަކޮށްފައިވަނީ، އިރާނުގެ ފޫލާދާއި ކަޒަކްސްތާންގެ ޓުރާން އެވެ. މި މެޗުގައި، ސީދާ ތިން ސެޓުން ފޫލާދުން ވަނީ ކާމިޔާބު ހޯދައިފަ އެވެ. ސެޓުތައް ގޮސްފައިވަނީ، 25-22، 25-20 އަދި 25-20 އިންނެވެ.
މުބާރާތުގެ ތިން ވަނަ ހޮވި މެޗުން ލަންކާގެ ހައިދަރަމާނީ އަތުން 3-1 ސެޓުން މޮޅުވެ، ލޯ މެޑަލް ހޯދީ ނޭޕާލުގެ ޕޮލިސް ކްލަބުންނެވެ. ޕޮލިސް ކްލަބް މޮޅުވީ، ފަހަތުން އަރަ އެވެ. ފުރަތަމަ ސެޓު، 21-25 އިން ހައިދަރަމާނީން ގެންދިޔައިރު، ނޭޕާލް ޕޮލިސް ކްލަބުން ދެން ކުޅުނު ތިން ސެޓު ވެސް ގެންދިޔައީ، 25-12، 25-16 އަދި 25-22 އިންނެވެ.
ބިންވެރިޔާ ސްކީމްގެ ދަށުން ގިރާވަރުފަޅުން ގޯތި ލިބިފައިވާ ފަރާތްތަކުގެ ގުރުއަތުލުން މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ އިން ކުރިއަށްގެންދިޔައީ ސޯޝަލް ސެންޓަރު އިންޑޯ ހޯލުގަ އެވެ.
މިދިޔަ މަހުގެ 31 ވަނަ ދުވަހު ގިރާވަރުފަޅުން ގޯތި ލިބިފައިވާ ފަރާތްތަކުގެ ގުރުއަތުލުން ސޯޝަލް އިންޑޯގައި ކުރިއަށްދިޔައިރު، އެރޭ އެކަން ވަނީ ނިމިފަ އެވެ. އެހެން ނަމަވެސް، ކާވާ މުބާރާތުގައި ވާދަކުރާ ޓީމުތަކަށް ސޯޝަލް އިންޑޯގައި ޕްރެކްޓިސް ކޮށްލަން ނުލިބޭ ކަމުގެ ޝަކުވާ ސޯޝަލް މީޑިއާގައި، ޓީމުތަކުގެ ކުޅުންތެރިންނާއި އޮފިޝަލުން ވަނީ ހިއްސާކޮށްފަ އެވެ.
މިކަމާ ގުޅޭގޮތުން، "އަދަދު ސްޕޯޓްސް" އިން ކުރި ސުވާލަށް ސްޕޯޓްސް މިނިސްޓްރީގެ އޮފިޝަލް ބުނެފައިވަނީ، ވޮލީބޯލް އެސޯސިއޭޝަނުން ކާވާ މުބާރާތް ބޭއްވުމަށް ސޯޝަލް އިންޑޯ ހޯދަން އެދިފައިވަނީ، މި މަހު އެއް ވަނަ ދުވަހުން ފެށިގެން ކަމަށާއި އެދިފައިވާ ގޮތަށް އެ ދުވަހު އެސޯސިއޭޝަނަށް އިންޑޯ ހަވާލުކުރެވުނު ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ