100 ރުފިޔާގެ އާ ނޫޓު، ސްޓޮކެއް ގެނެސްފި

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ނެރެފައިވާ ރަންދިހަފަހެއް ނޫޓު ސީރީޒްގައި ހިމެނޭ 100 ރުފިޔާގެ އާ ނޫޓު ސްޓޮކެއް ގެނެސްފިއެވެ.
މިކަމާ ގުޅޭގޮތުން އެމްއެމްއޭއިން ބުނީ 100 ރުފިޔާގެ އާ ނޫޓު ސްޓޮކް ގެނެސްފައިވަނީ ސްޓޮކް މަދުވުމުންކަމަށެވެ. އާ ނޫޓު ސްޓޮކް ގެނެސްފައިވަނީ މިއަދުއެވެ.
އެމްއެމްއޭއިން ސަތޭކަ ރުފިޔާގެ އާ ނޫޓު ސްޓޮކެއް ގެނެސްފައިވާއިރު، ސަތޭކަ ރުފިޔާގެ ނޫޓަކީ އެންމެ ޑިމާންޑްބޮޑު އެއް ނޫޓެވެ. އެގޮތުން އޭތީއެމްފަދަ ވަސީލަތްތަކުން އެންމެ ގިނައިން މުއާމަލާތްކުރާ އެއް ނޫޓަކީވެސް ސަތޭކަ ރުފިޔާކަމަށް ކަމާބެހޭ އިދާރާތަކުގެ ތަފާސްހިސާބުތަކުން ދައްކައެވެ. 
މީގެ އިތުރުން ދައުރުކުރުމަށް ނެރެފައިވާ ނޫޓުތަކުގެ ތެރެއިން އެންމެގިނަ އެއް ނޫޓަކީވެސް ސަތޭކަ ރުފިޔާގެ ނޫޓެވެ. އެމްއެމްއޭއިން ސަތޭކަ ރުފިޔާގެ އާ ނުޓު ސްޓޮކެއް ގެނެސްފައިވާއިރު، މިދިޔަ އަހަރަކީ ރައްޖޭގައި އެންމެގިނަ އަދަދަކަށް އޭޓީއެމްތައް ހުޅުވުނު އަހަރެވެ. މިއީވެސް ސަތޭކަ ރުފިޔާގެ ނޫޓަށް ޑިމާންޑް ބޮޑުވި އެއް ސަބަބެވެ. 
މިހާރު ބޭނުންކުރަމުންދާ 100 ގެ ނޫޓަކީ ރާއްޖޭގައި ބޭނުންކުރަމުންދާ ފައިސާ ޕޮލިމާ ނޫޓަށް ބަދަލުކޮށް 2016 ގައި "ރަންދިހަ ފަހެއް" ގެ ނަމުގައި ތައާރަފުކުރި ނޫޓް ސީރީޒްގައި ހިމެނޭ ނޫޓެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ