ހުޅުމާލެ ޖަލުގައި ހުކުމް ތަންފީޒުކުރަމުންދިޔަ މީހަކަށް އައިޖީއެމްއެޗްގައި ފަރުވާ ދެމުން ދަނިކޮށް މިއަދު ހެނދުނުގެ ވަގުތެއްގައި މަރުވެއްޖެ އެވެ.
ކަރެކްޝަނަލް ސާވިސް އިން ބުނީ ހާލުދެރަވެގެން އައިޖީއެމްއެޗްގައި ފަރުވާދެމުން ދަނިކޮށް މިއަދު ހެނދުނު 9:05 ހާއިރު މަރުވީ ދަފްތަރު ނރ. 439 / އިބްރާހިމް ސުހައިލް، 53 ކަމަށެވެ.
ސްޓްރޯކެއް ޖެހިގެން 2025 ގައި ފަރުވާ ހޯދަމުން އައި އިބްރާހިމް ސުހައިލް މަރުވީ ނިއުމޯނިއާ ޖެހިގެން ކަމަށް ވެސް ކަރެކްޝަންސް އިން ބުންޏެވެ.
އިބްރާހިމް ސުޙެއިލް މަރުވުމާ ގުޅިގެން އެކަން މޯލްޑިވްސް ޕޮލިސް ސަރވިސްއަށާއި އޭނާގެ އާއިލާއަށާއި އިންސްޕެކްޓާ އޮފް ކަރެކްޝަނަލް ސާވިސްއަށާއި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްއަށާއި ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން އަށް ވަނީ އަންގާފަ އެވެ.
އައިޖީއެމްއެޗްގައި ފަރުވާދެމުން ދަނިކޮށް ގައިދީއަކު މަރުވެއްޖެ އައިޖީއެމްއެޗްގައި ފަރުވާދެމުން ދަނިކޮށް ގައިދީއަކު މަރުވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ