އިލެކްޝަންސް ކޮމިޝަނުގެ މެންބަރަކަށް ރިފްޢަތު އައްޔަންކުރަން މަޖިލީހުން ފާސްކޮށްފި

އިލެކްޝަންސް ކޮމިޝަންގެ މެންބަރުކަމުގެ މަޤާމަށް އެކޮމިޝަންގެ ކުރީގެ ލީގަލް ޑިޕާޓްމަންޓްގެ ޑެޕިއުޓީ ޑިރެކްޓަރު ރިފްޢަތު ޢަބްދުالله އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.
މިގޮތަށް ފާސްކުރީ މިއަދު ބޭއްވި މަޖިލީހުގެ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި 58 މެންބަރުންގެ އިއްތިފާޤުންނެވެ.
އޭނާ މެންބަރުން އައްޔަނު ކުރުމާމެދު މިނިވަން މުވައްސަސާތަކުގެ ކޮމިޓީން އެކުލަވާލި ރިޕޯޓަށް ބަހުސް ކުރެއްވި އިދިކޮޅު މެންބަރުންނާއި ޕީއެންސީ މެންބަރުންވެސް ވަނީ އެއީ ގާބިލް މަގާމަށް އެކަށޭނެ ބޭފުޅެއްކަން ފާހަގަކުރައއވާފައެވެ. 
އިލެކްޝަންސް ކޮމިޝަންގެ މެންބަރު ކަމަށް ދެތީން ފަހަރެއްގެ މަތީން ހުޅުވާލި އެވެ. ފަހުގެ އިއުލާނަށް އިޖާބަދީ ފަސް ބޭފުޅަކު ކުރިމަތިލި އެވެ. އެ ބޭފުޅުންގެ ނަންތައް ރައީސުލްޖުމްހޫރިއްޔާ ވަނީ ރައްޔިތުންގެ މަޖިލީހަށް ފޮނުވާފަ އެވެ. ނަންތައް ފޮނުއްވެވީ އިސްކަންދޭ ތަރުތީބުންނެވެ. ލިސްޓްގެ ކުރީގައި އޮތީ ރިފްއަތު އެވެ.
ކޮމިޝަނަށް މެންބަރަކު އައްޔަނު ކުރަނީ އެ ކޮމިޝަންގައި މިހާރު ތިއްބެވި މެންބަރުންގެ ތެރެއިން ޑރ. މުޙައްމަދު ޒާހިދުގެ މެންބަރު ކަމުގެ މުއްދަތު ހަމަވާތީ އެވެ. އިތުރު ދައުރަކަށް ޒާހިރު ވެސް ކުރިމަތިލެއްވި އެވެ. ނަމަވެސް އޭނާގެ ނަން އޮތީ ރައީސްގެ ލިސްޓްގެ ތިންވަނާގަ އެވެ.
ރިފްއަތު މިހާރު ހުންނެވީ ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަންގެ ޑިރެކްޓަރު ކަމުގަ އެެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ