ވިޔަފާރިވެރިންގެ ކަންބޮޑުވުން އަޑުއެހުމަށް، ސިލްސިލާ ބައްދަލުވުންތައް ބޭއްވުން މުހިއްމު: ސައީދު

ވިޔަފާރިވެރިންގެ ކަންބޮޑުވުންތައް އަޑުއެހުމަށް ސިލްސިލާ ބައްދަލުވުންތައް ކުރިއަށްގެންދިއުން ވަރަށް މުހިންމުކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
އޮތެންޓިކް މޯލްޑިވްސްގެ 6 ވަނަ އަހަރީ ޙަފްލާގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ސައީދު ވިދާޅުވީ، ވިޔަފާރިތަކަށް ދެވޭ ޚިދުމަތްތައް
ހަރުދަނާ ކުރެވޭނީ ސީދާ ވިޔަފާރިވެރިންނާ ވާހަކަ ދެކެވި ސީދާ މައްސަލަތައް
ދެނެގަނެވިގެން ކަމަށެވެ. މިނިސްޓަރު ވިދާޅުވީ، މިއަހަރާއި އަންނަ އަހަރު ކުދި ވިޔަފާރިތަކަށް ލުއިތައް ދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ނިންމަވާފައިވާ ކަމަށެވެ. އެހެންކަމުން ކުދި ވިޔަފާރިތަކާއެކު ބައްދަލުވުންތަކެއް ބާއްވަމުން ގެންދަވާނެ ކަމަށް، މިނިސްޓަރ ވިދާޅުވިއެވެ.
އަދުގެ ސަރުކާރުގެ ކުރިއަށްމިއޮތް ދުވަސްތައް ވެގެންދާނީ ކުދި ވިޔަފާރިތަކަށް ލުއިތައް ލިބިގެންދާނޭ ދުވަސްތަކަށް ކަމަށް އިކޮނޮމިކް މިނިސްޓަރު މީގެ ކުރިންވެސް ވަނީ ވިދާޅުވެފައެވެ. އެގޮތުން އެންމެފަހުން ތަރުޖަމާނާއެކު ބޭއްވެވި ޕޮޑްކާސްޓްގައި ވާހަކަދައްކަވަމުން މިނިސްޓަރު ސައީދު ވިދާޅުވީ، ކުދި އަދި މެދުފަންތީގެ ވިޔަފާރިވެރިންނާއި ރައިސް ބައްދަލުކުރެއްވުމުގެ ތެރެއިން އެ ފަރާތްތަކުން އެންމެ އާއްމުކޮށް ހުށަހެޅި މައްސަލައަކީ އިންޕޯޓު ވިޔަފާރީގައި ކުރިމަތިވާ ދަތިތަކާއި އުނދަގޫތަކުގެ ވާހަކަތައް ކަމަށެވެ.
އެގޮތުން މި މައްސަލަތައް ހައްލުކުރުމަށް ސަރުކާރުން ވަނީ މުދާ ކްލިއަރ ކުރާ ގަޑި އިތުރު ކޮށްދެއްވާ އަދި އިތުރު ހިދުމަތްތައް ތައާރަފްކޮށް ވިޔަފާރިގައި ދިމާވާ އެހެނިހެން އުނދަގޫތަކާއި ދަތިތަކަށްވެސް ހައްލު ހޯދައިދެއްވުމުގެ މަސައްކަތް ފައްޓަވާފައިކަމަށްވެސްް ވަޒީރު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ