ތަމްރީނަކަށް ރާއްޖެއަށް އައި އިންޑިއާގެ އަސްކަރީ މަނަވަރެއް ފަރަކަށް އަރައިފި

ރާއްޖެ އާއި އިންޑިއާ ދެމެދު ކުރިއަށްގެންދާ އެކްސަސައިޒް ދޯސްތީ އަސްކަރީ ތަމްރީނުގައި ބައިވެރިވާން މިއަދު ރާއްޖެ އައި އިންޑިއާގެ މަނަވަރެއް ފަރަކަށް އަރައިފި އެވެ. ކ. ހިންމަފުށީ ފަޅުތެރޭގައި އޮންނަ އެ ރިސޯޓުގެ ފަރަށް އިންޑިއާގެ އަސްކަރީ އުޅަނދު އެރީ ކޮން އިރަކުކަން ކަށަވަރު ނުވި ނަމަވެސް އެ އުޅަނދުގެ ބޮޑު ބައެއް އޮތީ ރިސޯޓުގެ ފަރުމަތީގަ އެވެ.އިންޑިއާގެ ކޯސްޓްގާޑުގެ އުޅަނދެއް ރާއްޖޭގެ ފަރަކަށް އެރި ހާދިސާއާ ބެހޭ ގޮތުން އެމްއެންޑީއެފުން އަދި ވަކި އެއްޗެއް ނުބުނެ އެވެ. ނަމަވެސް އިންޑިއާ ސިފައިންނާއި ދިވެހި ސިފައިން އެ އުޅަނދު ފުންކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެނގިފައވެ އެވެ.މިކަމުގެ ސަބަބުން ފަރަށް ލިބުނު ގެއްލުމުގެ ތަފްސީލެއް އަދި ނުލިބެ އެވެ. ރާއްޖޭގެ ފަރުތަކަށް ބޮޑެތި އުޅަނދުތައް އެރުމުގެ ސަބަބުން މީގެކުރިން ވެސް ބޮޑެތި ގެއްލުންތައް ލިބިފައިވެ އެވެ. އެފަދަ ހާދިސާތަކާ ގުޅިގެން ބޭރު ގިނަ އުޅަނދުތަކެއް ޖޫރިމަނާ ވެސް ކޮށްފައިވާއިރު އެ ޖޫރިމަނާ ދައުލަތަށް ނުލިބޭ ކަމުގެ ކަންބޮޑުވުން އޮވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ