މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސްކީމް 'ބޯހިޔާވަހިކަން އެންމެނަށް' ގެ ދަށުން ގޯއްޗާއި ފްލެޓަށް ހުށަހެޅުމަށް ހުޅުވާލި މުއްދަތު އަންނަ މެއި މަހުގެ ނިޔަލާ ހަމައަށް އިތުރުކޮށްފި އެވެ.
ވީކިހިނެއް؟ - މިދިޔަ 18 ޖެނުއަރީގައި ހައުސިން މިނިސްޓްރީން އެ ފުރުސަތު ހުޅުވާލީ 30 އޭޕްރީލްއާ ހަމައަށެވެ.
ތަފްސީލް - ހައުސިން މިނިސްޓްރީން މިރޭ ކުރި އިއުލާނެއްގައި ބުނީ އެ މުއްދަތު މިހާރު އަންނަ 30 މެއިގެ ރޭގަނޑު 11:59ގެ ނިޔަލަށް އިތުރުކޮށްފައިވާ ކަމަށެވެ.
އިތުރުކުރި ސަބަބެއް ހައުސިން މިނިސްޓްރީން ނުބުނި ނަމަވެސް އެ މިނިސްޓްރީން ގެންދަނީ ޖެނުއަރީ މަހު އިއުލާންކުރިއިރު ފްލެޓަށް އެދި ހުށަހެޅުމަށް ހުރި ޝަރުތުތައް ބަދަލުކުރަމުންނެވެ.
ފާހަގަކޮށްލެވޭ - މި ފަހުން މިނިސްޓްރީން އިސްލާހު ކުރަމުން އައީ އާއިލީ ބޯހިޔާވަހިކަން ޕްރޮގްރާމުގެ ދަށުން 'ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ކެޓަގަރީ'ގެ ޝަރުތުތަކެވެ.
މިނިސްޓްރީން ބުނި ގޮތުގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ނުވަތަ އެފަދަ ފަރާތްތަކުގެ ބަދަލުގައި އެ ފަރާތްތަކުގެ ބެލެނިވެރިންނަށް ކުރިމަތިލެވޭ ގޮތަށް އުސޫލު އިސްލާހުކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.
ގޯއްޗާއި ފްލެޓަށް ހުށަހެޅުމުގެ މުއްދަތު މޭ މަހުގެ ނިޔަލަށް އިތުރުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ