“ސިއްޙަތާއި ދުނިޔެ” ގެ ނަމުގައި ޑރ ފާތިމަތު މުފްލިޙާ ލިޔުއްވެވި ފޮތް ލޯންޗްކޮށްފިއެވެ. ފޮތް ރަސްމީކޮށް ލޯންޗްކޮށްދެއްވެވީ މާލޭ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސް ގެ ސީއީއޯ ޢަބްދުލް ރައްޒާޤު ޙަލީމާއި މިނސްޓްރީ އޮފް ހެލްތްގެ ސްޓޭޓް މިނިސްޓަރ އާމިނަތު ޝިރްނާ އެވެ.
ޑރ މުފްލިހާ އަކީ ގިނަ ދުވަސްތަކެއް ވަންދެން ސިއްޙީ ދާއިރާ އަށް ޚިދުމަތް ކުރައްވަވަމުން އަންނަ އަދި މިހާރުވެސް އައިޖީއެމްއެޗްގެ ކޮންސަލްޓެންޓް އިން ރޭޑިއޮލޮޖީ ގެ މަގާމު ފުރުއްވަވަމުން ގެންދަވާ ، ހެލްތް އެވެއަރނެސް ކްރިއޭޓަރ އެއްވެސް މެއެވެ.
ސޯލްޓް ރެސްޓޯރެންޓުގައި ފޮތް ލޯންޗު ކުރުމަށް ބޭއްވެވި ޚާއްޞަ ރަސްމިއްޔާތުގައި ޑިރެކްޓަރ ޖެނެރަލް އޮފް ހެލްތް ސަރވިސެސް ޑރ މުޙައްމަދު އަޝްރަފްއާއި ކޮމިޝަނަރ އޮފް ކޮލިޓީ އެޝުއަރެންސް ތަސްލީމް އުސްމާނުގެ އިތުރުން ޕްރެޒިޑެންޓް އޮފް މޯލްޑިވިއަން މެޑިކަލް އެންޑް ޑެންޓަލް ކައުންސިލް ބްރިގޭޑިއަރ ޖެނެރަލް، ޑރ އަލީ ޝާހިދު މުޙައްމަދާއި އައިޖީއެމްއެޗްގެ ރޭޑިއޮލޮޖީ ޑިޕާޓްމަންޓްގައި މަސައްކަތް ކުރައްވަވާ ގިނަ ބޭފުޅުންނާއި ބުކް ރައިޓާރސް އެސޯސިއޭޝަނުގެ ބޭފުޅުންނާއި އަދި ގާތް ރަޙްމަތްތެރިންނާއި ޢާއިލާ އިން ވަނީ ބައިވެރިވެފައެވެ.
ޑރ މުފްލިޙާ ވިދާޅުވީ މިއީ ދިވެހި ބަހުން ސިއްޙީ މައުލޫމާތު ކިޔުންތެރިންނަށް ގެނެސްދިނުމުގެ މަގުޞަދުގައި ލިޔުއްވެވި ފޮތެއް ކަމަށެވެ. އަދި ސިއްޙީ ދާއިރާއިން ދިވެހި ބަހުން އެކުލަވާލެވިފައިވާ ފޮތް އެހާ ގިނަ ކަމުގައި ނުވުމަކީ، ދިވެހި ބަހުން ފޮތް ނެރުމަށް ހިތް ޖެއްސުވި ކަމެއް ކަމަށް ވެސް ޑރ މުފްލިޙާ ވިދާޅުވިއެވެ.
މި ފޮތަކީ ކިޔުންތެރިން ގަޔާވާ ގޮތަށް، ހުރިހާ ޢުމުރުފުރައަކަށް ވެސް ފެތޭގޮތަށް ކުރެހުމާއި ވާހަކައިން ސިއްޙީ މައުލޫމާތު ގެނެސްދޭ ފޮތެކެވެ. މީގެ އިތުރުން ސިއްޙީ ޚިދުމަތްދޭ ތަންތަނުގައި ކަންކަން ހިނގަމުން ދާ ގޮތަށް ވެސް ފޮތުގައި ބަލާލާފައިވެއެވެ. ހަމައެއާއެކު ސިއްޙީ އެހީތެރިންނަށް މަސައްކަތުގެ މާޙައުލުގައި ދިމާވާ ގޮންޖެހުންތަކާއި ސިއްޙީ ޚިދުމަތް ލިބިގަންނަ ފަރާތުގެ ބައެއް ކަންބޮޑުވުން ތަކަށް ވެސް ފޮތުގައި އަލިއަޅުވާލާފައިވެއެވެ. މިއާއެކު މުޢާމަލާތު ވަރުގަދަކުރުމާއި އެކަކު އަނެކަކުގެ އިޙްސާސްތައް ދެނެގަތުމުގެ މުހިއްމު ކަމުގެ މައްޗަށް ވެސް ފޮތުގައި ބަލާލާފައިވެއެވެ.
ޑރ މުފްލިޙާ ވިދާޅުވީ ޑޮކްޓަރަކަށް ވުމަށް ފުރަތަމަ ޑިގްރީ ހަދައި ޕޯސްޓްގްރެޖުއޭޓް ކޯސްނިމި ރޭޑިއޮލޮޖިސްޓެއްގެ ގޮތުގައި ދިހަ އަހަރުދުވަހު ދައުލަތަށް ޚިދުމަތް ކޮއްދެވުމަކީ ފަޚުރުވެރިވާ ކަމެއް ކަމަށާއި މި ދެދައުރުގައި ކުރެވުނު ބައެއް ތަޖުރިބާ ވެސް ފޮތުގައި އެކުލަވާލެވިފައިވާނެކަމަށެވެ. ހަމަ އެހެންމެ މީހާ މީހަކަށް ހެދުމަށް ލިބިގެންދިޔަ ފިލާވަޅުތައް ވެސް މި ފޮތުގައި ހިމަނާލާފައިވާނެ ކަމަށް މުފްލިޙާ ވިދާޅުވިއެވެ.
ޑރ މުފްލިޙާ އަކީ ޑޮކްޓަރީ ޚިދުމަތުގެ އިތުރުން ވެސް އަމިއްލަ ގޮތުން މުޖުތަމައުގައި ސިއްޙީ ހޭލުންތެރިކަން އުފެއްދުމަށް މަސައްކަތް ކުރައްވަވާ ބޭފުޅެކެވެ. ޓީވީ އާއި ރޭޑިއޯ އަދި އޮންލައިން މީޑިއާ އާއި ތަފާތު އެކިއެކި ޕްލެޓްފޯމްތަކުގައި ޑރ މުފްލިޙާ ވަނީ އާންމުން ހޭލުންތެރިކުރުމަށް ގިނަ ޕްރޮގްރާމުތަކެއް ކުރިއަށް ގެންދަވާފައެވެ.
ޑރ މުފްލިޙާ އާއެކު ސުވާލެއް (11): ހައިޑްރޯ ނެފްރޯސިސްއަކީ ކޮބާ؟ ޑރ މުފްލިޙާ އާއެކު ސުވާލެއް (10): އެންޑޮމެޓްރިއޯސިސް އަކީ ކޮބާ؟ ޑރ މުފްލިޙާ އާއެކު ސުވާލެއް (9): ގެންގްލިއޮން ސިސްޓަކީ ކޮބާ؟ ޑރ މުފްލިޙާ އާއެކު ސުވާލެއް (8): ސްޓްރޯކް ޖެހުމަކީ ކޮބާ؟ މަގުބޫލު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ