އުމްރާއަށް ގޮސްހުރި ދިވެއްސަކު ނިޔާވެއްޖެ

އުމްރާއަށް ގޮސްހުރި ދިވެއްސަކު މައްކާގައި މިރޭ ނިޔާވެއްޖެއެވެ.
މައްކާގައި ނިޔާވީ އައްޑޫ ސިޓީ ހިތަދޫ، ހިޖުރަ، މުޙައްމަދު ރަފީޢުއެވެ. އޭނާ އުމްރާއަށް ދިޔައީ އަލްއައިން ޓްރެވަލް އެންޑް ޓުއާސްގެ ހަވާލުގައެވެ.
މިހާތަނަށް އޭނާ ނިޔާވި ސަބަބެއް ނޭނގެއެވެ.
މިއަހރުގެ ޖަނަވަރީ މަހުގައިވެސް އުމްރާއަށް ގޮސްއުޅުނު އުމުރުން 84 އަހަރުގެ ދިވެހި އަންހެނަކުވަނީ ނިޔާވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ