މިލާން (ސެޕްޓެމްބަރު 22) - އިޓާލިއަން ލީގުގައި ރޭ ސަސުއޯލޯ އަތުން 2-1 އިިން މޮޅުވެ، އިންޓަ މިލާނުން އެ ޓީމަށް ކުރިމަތިވެފައި އޮތް ޕްރެޝަރުން އަރައިގަންނަން ހަމަނޭވައެއްލައިފި އެވެ.
މި ފަހަރު ލީގުގައި އިންޓަ އިން ކުޅުނު ފުރަތަމަ މެޗުގައި ޓޮރީނޯ އަތުން 5-0 އިން މޮޅުވި ނަމަވެސް ދެން ކުުޅުނު ދެ މެޗުން ވަނީ ބަލިވެފަ އެވެ. އެހެންވެ، ކްރިސްޓިއާން ކީވޫ ކޯޗުކޮށްދޭ އިންޓަ އިން ރޭގެ މެޗަށް ނުކުތްއިރު އޮތީ ޕްރެޝަރު ހާލަތެކެވެ.
ސަސުއޯލޯ އަށް ފުރަތަމަ މިނިޓުން ފެށިގެން ޕްރެޝަރު ކުރަން ފެށި އިންޓަ އިން ވަނީ 14 ވަނަ މިނިޓްގައި ލީޑުނަގައިފަ އެވެ. މިއީ، ސަސުއޯލޯގެ އޭރިއާތެރެއިން، އިންޓަގެ ޕީޓާ ސުޗިޗް ދިން ބޯޅައެއް ހަމަޖެހިލައިފައި ގޯލަށް ފޮނުވާލައިގެން ފެޑެރީކޯ ޑި މާކޯ ޖެހި ގޯލެކެވެ.
ލީޑުފުޅާކުރަން އިންޓަގެ ހަކަން ޗަނޮނޯލޫ އާއި މާކަސް ތުރާމް ފޮނުވާލި ހަމަލާތައް ގޯލަކަށް ހަދައިނުލެވުނެވެ.
އިންޓަ އިން ދެ ވަނަ ލަނޑު ޖެހީ މެޗުގެ 81 ވަނަ މިނިޓްގަ އެވެ. މިއީ ކާލޯސް އަގުސްޓޯ ޖެހި ޝޮޓެއް، ސަސުއޯލޯގެ ތާރިގު މުހަރެމޮވިޗް ގައިގައި ޖެހިފައި ވަން ގޯލެކެވެ. އިންޓަ އިން ލީޑުފުޅާކުރިތާ ތިން މިނިޓް ތެރޭ ސަސުއޯލޯ އިން ގޯލެއް ޖަހައި، ފަރަގު ކުޑަކޮށް، އުންމީދެއް ހޯދި އެވެ. ސަސުއޯލޯގެ މި ގޯލު ޖެހީ، ވަލީދު ޗެދީރާ އެވެ. އިންޓަގެ ޑިފެންޑަރުން އޮފްސައިޑްވާނެ ކަމަށް ބަލައިގެން ތިއްބައި، ޗެދީރާ ވަނީ ހަމަޖެހިލައިފައި ގޯލަށް ބޯޅަ ފޮނުވާލައިފަ އެވެ.
ލީގުގައި ރޭ ރޯމާ އިން 1-0 އިން ލާޒިއޯ ބަލިކުރިއިރު، ކޯމޯ އިން ވަނީ 2-1 އިން ފިއޮރެންޓީނާގެ މައްޗަށް ކުރިހޯދައިފަ އެވެ. ހަތަރު މެޗުން ނުވަ ޕޮޮއިންޓް ހޯދައި، ރޯމާ އޮތީ ހަތަރު ވަނައިގަ އެވެ. އިންޓަ އިން ހަތަރު މެޗުން ހަ ޕޮއިންޓް ހޯދިއިރު، މި ވަގުތު ލީގުގައި އޮތީ 10 ވަނައިގަ އެވެ.
ސަސުއޯލޯ ބަލިކޮށް އިންޓަ އަށް ހަމަނޭވައެއް ސަސުއޯލޯ ބަލިކޮށް އިންޓަ އަށް ހަމަނޭވައެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ