ވަޒީފާއާ ދިރިއުޅުން ކުރިއަރުވަން ބޭނުންވާނަމަ މި 3 ކަންތަކަށް ސަމާލުކަންނުދީ ކާމިޔާބެއް ނުކުރެވޭނެ!

އެންމެންނަށްވެސް އިތުބާރުކުރަންވާނެއެވެ. ކުރަންޖެހޭ އިތުބާރުގެ ތެރޭގައި ތިމާއަށް ކިތަންމެ ބޮޑު ދެރައެއް ދީފާނެކަމަށް ޔަޤީންކޮށްގެން ހުރުންވެސް ހިމެނެއެވެ. ގިނަ ބައަކަށް މައްސަލަތައް ކުރިމަތިވަނީ މިކަމަށް ސަމާލުކަން ނުދެވޭތީއެވެ.
ނަޞީޙަތެއްގެ ގޮތުން ވަޒީފާއަދާކުރާއިރު މަސައްކަތުގެ މާޙައުލުގައި އެއްގޮތަކަށްވެސް ކޮށްގެން ނުވާނެ 3 ކަމެއް ފާހަގަކޮށްލާނަމެވެ. ވަޒީފާގައި ކުރިއަށްދާންވެސް އަދި ދިރިއުޅުން ކުރިއަރުވަން ބޭނުންވާނަމަވެސް މި 3 ކަންތަކަށް ސަމާލުކަންދޭންޖެހޭނެއެވެ.  
ފުރަތަމަ ކަމަކީ އެކުގައި މަސައްކަތްކުރާ މީހުންނަކީ އެންމެ ގާތް އެކުވެރިންކަމުގައި ބަލައި އިމެއް ނެތި އިތުބާރު ނުކުރާށެވެ! އެއިން ކޮންމެ މީހަކީވެސް އެމީހެއްގެ އަމިއްލަ ފައިދާއަށްޓަކައި ކޮއްޕައި ތިބާ ވައްޓާލައިފާނެ މީހަކުކަން ދަންނަންވާނެއެވެ. 
ދެވަނަ ކަމަކަށް ތިބާގެ އަމިއްލަ ދިރިއުޅުމުގެ ކަންކަން އެކުގައި މަސައްކަތްކުރާ މީހުންނަށްވެސް ކިޔައިނުދޭށެވެ. ދިރިއުޅުމުގައި ލިބޭ ކާމިޔާބީ އާއި ކުރިއަށް ކުރަން ރާވާ ކަންކަމުގެ ވާހަކަ އެއްގޮތަކަށްވެސް ކިޔައިނުދޭށެވެ. ގިނަވާނީ އަނެކާ ކުރިއަރައި ދާން ނުއެދޭނެ މީހުންނެވެ. ވީމާ ދޮގުތުހުމަތާއި އިލްޒާމްތައް އަޅުވައި ތިބާގެ ކުރިއެރުން ހުއްޓުވަން މަސައްކަތްކުރާނެ ބައަކުވެސް ތިބޭނެއެވެ. 
ތިންވަނަ ކަމަކަށް މަސައްކަތްކުރާ ތަނުގެ ޤަވާއިދު ނުވަތަ ޕޮލިސީއާއިމެދު ހިތްހަމަނުޖެހިގެން ހަމަ އެކެއްގެ ގާތުގައިވެސް ވާހަކަނުދައްކާށެވެ! އެފަދަ ވާހަކަތަކަކީ ކޮންމެ ވަޤުތަކުވެސް ތިބާ އާއި ދެކޮޅަށް ބޭނުންކޮށްފާނެ ހަތުޔާރެކެވެ. އެއިރުން އެކަން ވާނީ ވަޒީފާ ގެއްލިދާނެ ސަބަބަކަށެވެ.
 
- ތަޖުރިބާކާރު ޢިލްމްވެރިއެއްގެ ވާހަކަފުޅަކުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ