އަސްކަރިއްޔާގެ ފަހުގެ އުޅަނދުތަކާއެކު، ސިފައިން ދައްކާލީ ދުޝްމަނުން ބަލިކުރާނެ ހުޝިޔާރު ގޮތްތައް!

ކުއްލިއަކަށް ސިފައިންނަށް ލިބުނީ، ހައިރާން ކުރުވަނިވި ބިރުވެރި ޚަބަރެކެވެ. އެއީ، ކަނޑުމަގުން ރާއްޖެއަށް އައިސް، ދިވެހީން ރަހީނުކުރުމަށް ނިރުބަވެރިން ރާވާ ޚަބަރެވެ. އަދި، ސަރުކާރަށް ޑިމާންޑުތަކެއްކޮށް، ހަމަލާ ދިނުމަށް ރޭވިކަން އެނގުނެވެ. ވަގުތާއި ހާލަތުގެ މުހިންމު ކަމުން ސިފައިން އަވަސްވެގަތީ، ގައުމު ދިފާއު ކުރުމުގެ މަސައްކަތް ފެށުމަށެވެ. އެ ކަމަށް ތައްޔާރުވުމަށް އެއްގަމާއި ކަނޑާއި ވައިގެ ބާރުތައް ހިމެނޭހެން ޖޮއިންޓް ޓާސްކްފޯހެއް އެކުލަވާލިއެވެ. މިއަދު ފާހަގަކުރަމުން އަންނަ ނަސްރުގެ ދުވަހުގެ މުނާސަބަތުގައި ޖުމްހޫރީ މައިދާނުގައި ބޭއްވި ހާއްސަ ހަރަކާތުގައި "ދުޝްމަނުންނާ" ދެކޮޅަށް ސިފައިން ހަރަކާތްތެރިވަނީ --- ފޮޓޯ/ ރައީސް އޮފީސް އެފަދަ ހާލަތްތަކުގައި ޓާކްސްފޯހާއެކު، އެމްއެންޑީއެފްގެ އޮޕަރޭޝަނަލް ސްޓޭޓަސް މަތިކުރެއެވެ. އެ ބިރުވެރި މައުލޫމާތަށް ތައްޔާރު ވަނިކޮށް، ލިބުނީ އެއަށް ވުރެ ނުރައްކާތެރި މައުލޫމާތެކެވެ. އެއީ، ރާއްޖޭގެ އިރު އުތުރުން ބޭރުން ދިވެހި މަސްބޯޓަކަށް ހަތިޔާރާއެކު، ދުޝްމަނުން އަރައި ދިވެހީން ރަހީނު ކުރަން އުޅޭ ކަމެވެ. އެކަން އެމްއެންޑީއެފަށް އެންގީ އެ ބޯޓުންނެވެ. އެ މައުލޫމާތަށް ފަހު އެ ބޯޓަށް ގުޅަން އެތައް ފަހަރަކު އެމްއެންޑީއެފުން މަސައްކަތްކުރިއެވެ. އެކަމަކު، ކާމިޔާބެއް ނުވިއެވެ. https://x.com/sunbrk/status/1985357591611118072 މިއީ ރާއްޖެއަށް ކޮންމެ ވަގުތަކު ވެސް ކުރިމަތިލާން ޖެހިދާނެ ހާލަތަކެވެ. މި ކިޔައިދެނީ ނަސްރުގެ ދުވަހުގެ މުނާސަބަތުގައި މިއަދު ޖުމްހޫރީ މައިދާނުގައި ދިވެހި އަސްކަރިއްޔާއިން ދައްކާލި އޮޕަރޭޝަނުގެ ވާހަކައެވެ. އެ އޮޕަރޭޝަނުގައި ވަނީ، އަސްކަރިއްޔާއަށް އެންމެ ފަހުން ގެނައި އުޅަނދުތަކާއި ޒަމާނީ ބަދަލުތައް ހިމަނާފައެވެ. މަސްވެރިން ހޯދުމުގެ މަސައްކަތް ވަގުތުން އެމްއެންޑީއެފުން ފެށިއެވެ. އެ ބޯޓު ސަރަހައްދު ހޯދުމަށް ދުއްވާލީ، ރައީސް ޑރ. މުޙައްމަދު މުއިއްޒު ގެނެސްދެއްވި، ޑްރޯނެކެވެ. ކުޑަ އިރުކޮޅެއްގެ ތެރޭގައި މަސް ބޯޓު އޮތް ސަރަހައްދު ދެނެގަތެވެ. އަދި، އެ މައުލޫމާތު ޖޮއިންޓް ޓާސްކްފޯހަށް ދިނެވެ. އެ ނުރައްކާތެރި ހަމަލާ ދިފާއުކޮށް، ދިވެހީން ސަލާމަތްކުރުމަށް ދިޔައީ މިސައިލުން ހަމަލާ ދިނުމުގެ ގާބިލުކަން ލިބިފައިވާ، ތުރުކީން ރާއްޖެއަށް ހަދިޔާކުރި 'ދަރުމަވަންތަ' މަނަވަރެވެ. އެ ފަދަ އޮޕަރޭޝަންތަކުގައި އެ މަނަވަރުގައި ހަރަކާތްތެރިވާނީ، ކޯސްޓްގާޑު ސްޕެޝަލް ބޯޓު ސްކޮޑްރަން ސިފައިންނެވެ. އެއީ، ކޯސްޓުގާޑުގައި ކަނޑުމަތީގައި ހިންގަން ޖެހޭ ނުރައްކާތެރި ހާލަތްތަކަށް ޚާއްސަކޮށް ހަރަކާތްވުމުގެ ގާބިލުކަން ލިބިފައިވާ ސިފައިންނެވެ. އެ މަނަވަރުގައި ގޮސް، މަސްބޯޓަށް ސިފައިން އެރިއެވެ. ދުޝްމަނުންނާ ދެކޮޅަށް ހަމަލާތައް ފަށައި، ރަހީނުން ސަލާމަތްކުރުމުގެ މަސައްކަތް ފެށިއެވެ. މިއަދު ފާހަގަކުރަމުން އަންނަ ނަސްރުގެ ދުވަހުގެ މުނާސަބަތުގައި ޖުމްހޫރީ މައިދާނުގައި ބޭއްވި ހާއްސަ ހަރަކާތުގައި "ދުޝްމަނުންނާ" ދެކޮޅަށް ސިފައިންގެ މަނަވަރު ހަރަކާތްތެރިވަނީ --- ފޮޓޯ/ ރައީސް އޮފީސް އެ ހަރަކާތުގައި ޑްރޯންއާއި މަނަވަރު ބޭނުންކޮށްގެން ސިފައިން ދައްކާލީ، މިހާރު އެ ޚިދުމަތަށް އައިސްފައިވާ ބަދަލެވެ. އަދި، ކަނޑުމަތީގެ އެފަދަ ނުރައްކާތެރި ހާލަތެއްގައި އަމަލުކުރާނެ ގޮތުގެ މިސާލެކެވެ. އޭގެއިތުރަށް، މިއަދު ދިވެހި އަސްކަރިއްޔާއިން ވަނީ އެއްގަމު އުޅަނދުތައް ބޭނުންކޮށްގެން ތަމްސީލެއް ކުޅެފައެވެ. އެ ތަމްސީލުން ދައްކައިދިނީ، ދިވެހީންގެ ބަޔަކު އިމާރަތެއްގައި ރަހީނު ކުރުމުން އުޅަނދުތަކާއި ސިފައިންގެ ގާބިލުކަން ބޭނުންކޮށް، އެމީހުން ސަލަމާތްކުރާނެ ގޮތެވެ. ސިފައިންގެ ގާބިލުކަމާއި ހަތިޔާރާއި އުޅަނދުތައް ދައްކުވައިދިނުން -- ފޮޓޯ/ މަޖިލިސް އިމާރާތް ހުރި ސަރަހައްދަށް ސިފައިން ޓޭންކަރުތަކުގައި ގޮސް، ހަމަލާ ފެށިއެވެ. އެ ތަމްސީލުގެ ތެރެއިން، ވަށައިގެންވާ މާހައުލަށް މާ ބޮޑު ގެއްލުމެއް ނުވާނެ ގޮތަށް ހަމަލާތައް ހުއްޓުވާނެ ގޮތް ދައްކައިދިނެވެ. ރައީސް ޑރ. މުޙައްމަދު މުއިއްޒާއި ސަރުކާރުގެ އިސްވެރިން ބައިވެރިވި މި ހަރަކާތުގައި ދައްކައިދިނީ، އަސްކަރިއްޔާގެ ގާބިލުކަމެވެ. މީގެ 37 އަހަރު ކުރިން ދިމާވެދާނެ ފަދަ ހާލަތަކަށް އެ ޚިދުމަތް ތައްޔާރުވެފައި އޮތް މިންވަރެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ