ޑްރަގް މައްސަލައެއްގައި ހިތަދޫ މީހަކު ހޯދަނީ

ފުލުހުން ތަހުގީގު ކުރަމުން އަންނަ މަސްތުވާތަކެތީގެ މައްސަލައެއްގައި އައްޑޫ ހިތަދޫ މީހަކު ހޯދަން އިއުލާންކޮށްފި އެވެ.
ފުލުހުންގެ ޑްރަގްސް އެންޑް ސަބްސްޓެންސް އެބިއުސް ކޮންޓްރޯލުން ތަހުގީގު ކުރަމުން އަންނަ މައްސަލައިގައި ހޯދަނީ ހިތަދޫ، ސަމަންދަރު މުހައްމަދު ޝާތިރު،، 40، އެވެ.
ފުލުހުން ބުނީ އޭނަ ހޯދަން އިއުލާންކުރީ މައްސަލައެއްގެ ތަހުގީގަށް ހާޒިރު ކުރަން ބޭނުންވެ، އުޅޭ ވަކި ތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދު ކުރެވިފައި ކަމަށެވެ
އެހެންވެ މި މަހުގެ 21 ވަނަ ދުވަހު މެންދުރު 12:00 އަށް ފުލުހުންގެ ސާޖަންޓް އާދަމް ޚަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިން އަށް ޝާތިރު ހާޒިރުވާން އަންގާފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ