އާ ގޭންގް ގާނޫނުގެ ދަށުން، މާލޭގައި ނުރައްކާތެރި ކުށްކުރުމުގައި އުޅޭ ގްރޫޕެއްގެ ސޭފް ހައުސް ރޭއިޑްކޮށް، އެތަނުން މާރާމާރީ ހިންގުމަށް ބޭނުން ކުރާ ބައެއް އާލާތްތަކާ އެކު ތިން މީހަކު ހައްޔަރުކޮށްފި އެވެ.
ވީ ކިހިނެއް؟ - ކޯޓު އަމުރެއްގެ ދަށުން މިދިޔަ ބުދަ ދުވަހުގައި ފުލުހުން ހިންގި މި އޮޕަރޭޝަންގައި ރެއިޑްކޮށްފައި ވަނީ، ހެންވޭރުގައި ހުންނަ ގެއެކެވެ. ފުލުހުން ބުނި ގޮތުގައި އެ ގެ ބަލައި ފާސްކޮށްފައި ވަނީ، އެ ގެއެއަށް ނުރައްކާތެރި ހަތިޔާރު ޖަމާކޮށް، ނުރައްކާތެރި ކުށްތައް ކުރަން އުޅޭ ކަމަށް ތުހުމަތު ކުރެވިގެންނެވެ.
ބުނީ ކީކޭ؟ - މާލެ ތެރޭގައި ނުރައްކާތެރި ކުށްކުރުމުގައި ހަރަކާތްތެރިވާ ގުރޫޕްތަކުން އިންތިޒާމް ވެގެން ނުރައްކާތެރި ކުށްކުރުމަށް ރާވައި، އެފަދަ ކުށްތައް ކުރުމަށް ބޭނުންކުރާ ތޫނު ހަތިޔާރާއި ނުރައްކާތެރި ހަތިޔާރު އަދި އާލާތްތައް އެފަރާތްތަކުން ސޭފްހައުސްގެ ގޮތުގައި ބޭނުންކުރަމުންދާ ތަންތަނަށް ޖަމާކޮށް ނުރައްކާތެރި ކުށްތައް ކުރަން އުޅޭކަމަށް ތުހުމަތު ކުރެވޭ މައްސަލާގައި ހެންވޭރުގައި ހުންނަ ގެއެއް ކޯޓު އަމުރެއްގެ ދަށުން 3 ސެޕްޓެމްބަރު 2025 ވަނަ ދުވަހު ބަލައި ފާސްކޮށް[ފައިވޭ}،" ފުލުހުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނެފައިވެ އެވެ.
ތަފްސީލު - ފުލުހުން ބުނީ، އެ ގެ ބަލައި ފާސް ކުރުމުގެ ތެރޭގައި ތޫނު ހަތިޔާރު ފެނިފައިވާ ކަމަށެވެ. އަދި އެ މައްސަލާގައި ތިން މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ:
އަހްމަދު ނަވާޒު ،30، މއ. މޯނިންގްވިޔު
އިބްރާހީމް ޒައިދާން ،22، މއ. މޯނިންގްވިޔު
މުހައްމަދު ޝިދާދު ،22، ބަށިމާގެ، ލ. މާބައިދޫ
"އެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން، އަހްމަދު ނަވާޒު 30 ދުވަހަށް، އިބްރާހީމް ޒައިދާން އާއި މުހައްމަދު ޝިދާދު 15 ދުވަހަށް ބަންދު ކުރުމަށް ވަނީ އަމުރުކޮށްފަ އެވެ. މި އަމުރު ކޯޓުން ކޮށްފައިވަނީ، ގޭންގުތަކުން ހިންގާ ކުށްތަކާއި އެނޫން ވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ގާނޫނުގެ ދަށުންނެވެ." މައްސަލަ ތަހުގީގު ކުރަމުންދާކަން ފާހަގަކުރައްވައި، ފުލުހުން އިތުރަށް ބުންޏެވެ.
އެ ތިން މީހުންގެ ކޯޓު އަމުރުން އެނގޭ ގޮތުގައި ފުލުހުން ހިންގި އޮޕަރޭޝަނުން ފެނުނީ ދެ ވަޅި އެވެ.
ގޭންގެއްގެ ސޭފް ހައުސް ރެއިޑްކޮށް، ތިން މީހަކު ހައްޔަރުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ