ގދ. ތިނަދޫގައި އިމާރާތްކުރާ 200 ރޯހައުސްއަށް ކުރިމަތިލާން މާދަމާ ހުޅުވާލާނެ ކަމަށް ހައުސިން އެންޑް ކޮންސްޓްރަކްޝަން މިނިސްޓްރީން މިއަދު ބުނެފި އެވެ.
ހައުސިން މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ އެ މިނިސްޓްރީގެ ހިޔާވެހި ޕޯޓަލް މެދުވެރިކޮށް ރޯހައުސްއަށް ކުރިމަތިލާން ހުޅުވާލާނީ ސެޕްޓެމްބަރު 7، ގެ ހެނދުނު 09:00 އިން ފެށިގެން ނޮވެމްބަރު 7، ގެ 23:59 ގެ ނިޔަލަށް ކަމަށެވެ.
ތިނަދޫގައި އިމާރާތްކުރާ 200 ރޯހައުސްއަށް ކުރިމަތިލެވޭ އުސޫލު މިދިޔަ ބުދަ ދުވަހު މިނިސްޓްރީން ވަނީ އިއުލާން ކޮށްފަ އެވެ.
އެ ރޯހައުސްއަކީ ތިން ކޮޓަރިއާއި، ތިން ފާހާނާއާއި، އެއް ބަދިގެއާއި، އެއް ސިޓިންރޫމް ހިމެނޭގޮތަށް 1451.12 އަކަފޫޓުގެ ބަންޑާރަ ގޯއްޗެއްގައި ދެ ބުރިއަށް އިމާރާތްކުރެވޭ އަދި ފުލޯ އޭރިއާގައި 715.83 އަކަ ފޫޓު ހުންނަ ގޮތަށް އިމާރާތްކުރާ ރޯހައުސްތަކެވެ.
ރޯހައުސްއަށް އެދި ތިނަދޫ ރަށްވެހިންގެ އިތުރުން ތިނަދޫއަށް ހިޖުރަކޮށް އެ ރަށުގައި މެދުނުކެނޑި 10 އަހަރުވަންދެން ދިރިއުޅޭ މީހުންނަށް ކުރިމަތިލެވެ އެވެ.
ނަމަވެސް ކުރިމަތިލާ މީހާ އަތުގައި ބިމެއް އޮތް ނަމަ ޝަރުތު ހަމަނުވާ ގޮތަށް ވަރަށް ބޮޑަށް އުސޫލުން ވަނީ ހަނިކޮށްފަ އެވެ.
ޕޮއިންޓް ދޭއިރު ދިރިއުޅުމުގެ ހާލަތާއި ދަރިންނާއި ޝަރުއީ ގޮތުން ބެލުން ހަވާލުވެގެން ހުންނަ 18 އަހަރުން ދަށުގެ ކުދިންގެ އަދަދާއި ހާއްސައެހީއަށް ނުވަތަ އިޖުތިމާއީ ރައްކާތެރިކަން ބޭނުންވާ ފަރާތެއް ބަލަހައްޓުމުން ދިއުމަށް ރިއާޔަތްކުރެ އެވެ.
ރޯހައުސްއަށް ކުރިމަތިލުމާއި އެކަމާ ގުޅޭ މައުލޫމާތު ހޯދުމަށް މިނިސްޓްރީގެ 4004919 ނަންބަރަށް ގުޅުމަށް ނުވަތަ މެއިލް މެދުވެރިކޮށް [email protected] އަށް މެއިލް ކުރުމަށް ހައުސިން އިން އެދެ އެވެ.
ގދ، ތިނަދޫގައި އިމާރާތްކުރާ 200 ރޯހައުސްއަށް ކުރިމަތިލާން މާދަމާ ހުޅުވާލަނީ ގދ، ތިނަދޫގައި އިމާރާތްކުރާ 200 ރޯހައުސްއަށް ކުރިމަތިލާން މާދަމާ ހުޅުވާލަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ