އިގްތިސާދު ފުޅާކުރެއްވުމަށް ކުރައްވަމުންގެންދަވާ މަސައްކަތްތަކުގެ ނަތީޖާ ފެންނަމުންދާ ކަމަށާ، ކުރިއަށް އޮތް ދުވަސްތަކަކީ އެކަމުގެ އިހްސާސް، ސީދާ ރައްޔިތުންނަށްވެސް ކުރެވިގެންދާނެ ދުވަސްތަކަކަށް ވާނެކަން ޔަގީންކުރައްވާކަމުގައި ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ށ. ކޮމަންޑޫގެ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ވަނީ އެކި ދާއިރާތަކުން އިގްތިސާދު ސިންދަފާތުކުރުމުގެ މައްޗަށް އަލިއަޅުއްވާލައްވައި ވާހަކަފުޅުދައްކަވަމުންނެވެ.
މިގޮތުން އެމަނިކުފާނު ވަނީ، ހުރިހާ ދާއިރާއަކުންވެސް ދިވެހި އިގްތިސާދު ފުޅާކުރުމަށް ކުރަމުން ގެންދާ މަސައްކަތްތަކަށް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން މިލަދުންމަޑުލު އުތުރުބުރިއަށް ފަތުރުވެރިކަން ފުޅާކުރުމަށްޓަކައި ލުއި ލިބޭނެ އުސޫލުން އިންވެސްޓަރުންނަށް ފުރުސަތުތައް ފަހިކޮށްދެއްވާފައިވާކަމަށާއި، އެއަރޕޯޓްތައް ތަރައްގީކުރެއްވުމަކީ އިންވެސްޓްރުންނަށް އިތުރު ޔަގީންކަން ލިބިގެންދާނެ ކަމެއް ކަމުގައި ރައީސް ވިދާޅުވިއެވެ.
ފަތުރުވެރިކަން ފުޅާވެގެންދިއުމާއެކު ޒުވާނުންނަށް ރަށާ ކައިރިން ވަޒީފާ ހަމަޖެހިގެންދާނެ ކަމަށާ، މިފަދަ ކަންކަމަކީ ގުޅިލާމެހިފައިވާ ކަންތައްތަކެއްކަން ރައީސުލްޖުމްހުރިއްޔާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. ހަމަމިއާއެކު، ށ. އަތޮޅުގައި މަސްވެރިކަން އަލުން އާލާކުރުމުގެ މަގްސަދުގައި މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަމުގައިވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މިފަދަ ފުރުސަތުތައް ހުޅުއްވާލައްވަނީ ރާއްޖޭގެ އިގްތިސާދު، ދިވެހީންގެ އަތްމައްޗަށް ގެނެސްދެއްވައި، އިގްތިސާދު ފުޅާކުރެއްވުމުގެ މަގްސަދުގައިކަމަށްވެސް ރައީސްގެ ވާހަކަފުޅުގައި ވަނީ ފާހަގަކުރައްވާފައެވެ. އަދި މިކަން ކުރައްވަނީ ރޭވުންތެރިކަމާއެކު، ވަކި ތަރުތީބަކުން ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ރާއްޖޭގައި ޕޭޕަލްގެ ޚިދުމަތް ފެށުމުގެ އިންތިޒާމުތައް ހަމަޖެހިއްޖެ: ސަރުކާރު ރާއްޖެއިން މަސް ބޭރު ކުރި މިންވަރު 90 ޕަސެންޓް އިތުރުވެއްޖެ އައްޑޫ ފުޓްބޯޅަ ޗެމްޕިއަންޝިޕް 2025ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި މިދިޔަ ހަފްތާގައި 276 މަސްދޯންޏަކުން ކިރުވ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ