އޭސީސީގެ ވެރިންނަށް ރައީސް ސޯލިހުގެ އިލްތިމާސެއް

އެމްޑީޕީ ސަރުކާރުގެ ބަންޑާރަނައިބު އޮނަރަބަލް އަލްއުސްތަޒު އިބްރާހީމް ރިފްއަތު ވެސް އޭސީސީގެ ތަހުގިގަށް ހާޒިރު ކުރުވުމުގެ ކަން ބޮޑުވުން ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ފާޅުކުރައްވައިފިއެވެ.
ރައީސް ސޯލިހު ވިދާޅުވީ " މިއީ މިނިވަން މުއައްސަސާތަކަށް ސަރުކާރުން ސިޔާސީ ނުފޫޒު ފޯރުވައިގެން އެމްޑީޕީގެ މެންބަރުންނަށް ބިރުދެއްކުމުގެ ގޮތުން ހިންގާ ސިލްސިލާ ހަރާކާތެއް" ކަމަށެވެ.
ސިޔާސީ ނުފޫޒުގައި ޖެހި ރައްޔިތުންގެ އިތުބާރު ގެއްލޭ މިޒާތުގެ ކަންކަން ނުކުރުމަށް އޭސީސީގެ ވެރިންނަށް ރައީސް ސޯލިހު އިލްތިމާސް ކުރައްވައެވެ. 
ރައީސް މުއިއްޒުގެ ސީދާ ބާރުގެ ދަށަށް ރައްޔިތުންގެ މަޖިލީހާއި ޝަރުއީ ނިޒާމް ގެންދެވުމާށް ފަހު މިނިވަން މުއައްސަސާތައް މެދުވެރިކޮށް ސިޔާސީ ވާދަވެރިން ނައްތާލުމަށް ހިންގާ ސިޔާސީ ތަހުގީގުތައް ވަނީ މެކުހަށް ޖަހާފައެވެ.
ރައީސް މުއިއްޒު ސަރުކާރުން ފާޅުކަން ބޮޑުކޮށް ހިންގާ އެއްވެސް ކޮރަޕްޝަނެއް ބަލާ ފިޔަވަޅު އެޅުމެއްނެތި އިދިކޮޅު ޕާޓީގެ މަތިފަޑިއަށް އަމަޒުކޮށްގެން އޭސީސީން ހިންގާ ތަހުގީގުތަކުން އޭސީސީއަށް ސަރުކާރުގެ ނުފޫޒު އޮތްވަރު ސާފެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ