ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން ޖިންސީ ފުރައްސާރައާ ދެކޮޅަށްކުރާ މަސައްކަތް އިތުރަށް ހަރުދަނާކުރުމަށް ފިޔަވަޅުތަކެއް އަޅަން ނިންމައިފި އެވެ.
ގައުމީ އަންހެން ވޮލީ ޓީމުގެ ކޯޗަކަށް ހުރި ސޮފްވާން އަހުމަދާ ގުޅޭ ޖިންސީ ފުރައްސާރަ އާއި ބްލެކްމެއިލް ކުރި ކަމުގެ ތުހުމަތު އަމާޒުވާ މައްސަލައެއް، ވީއޭއެމްގެ އެޑްހޮކް ކޮމިޝަނަކުން ބަލައި، ރިޕޯޓެއް ތައްޔާރުކުރި އެވެ. އަދި، އެ ރިޕޯޓަށް ބަލައި، ސޮފްވާން ފަސް އަހަރަށް ސަސްޕެންޑްކުރަން ނިންމީ އިއްޔެ އޮތް ވީއޭއެމްގެ ހިންގާ ކޮމިޓީގެ ބައްދަލުވުމެއްގަ އެވެ.
އެޑްހޮކް ކޮމިޓީން ފާހަގަކޮށްފައިވާ އިތުރު ކަންތައްތަކަށް ބަލައި، ވީއޭއެމް އިން ވަނީ ޖިންސީފުރައްސާރައާ ދެކޮޅަށް ހަރުދަނާ ފިޔަވަޅުތަކެއް އަޅަން ނިންމައިފަ އެވެ.
އެ ގޮތުން، ވީއޭއެމްގެ ތަފާތު ކޮމިޝަންތަކާއި ތަފާތު ގުނަވަންތަކުގައި މަސައްކަތްކުރާ ފަރާތްތަކުގެ މެދުގައި ހިނގައިފާނެ ޖިންސީ ފުރައްސާރައިގެ އަމަލުތައް ރިޕޯޓު ކުރާނެ އުސޫލެއް ގާއިމްކޮށް، އެކަން އެ ފަދަ މަސައްކަތްކުރާ ފަރާތްތަކަށް އެނގޭނެގޮތް ހެދުމަށް ވަނީ ނިންމައިފަ އެވެ.
މީގެ އިތުރުން، ވީއޭއެމްގެ ހިންގާ ގަވާއިދުގައި، "ޖިންސީ ފުރައްސާރައިގެ އެއްވެސް ޢަމަލެއް ހިންގުން، ނުވަތަ އެފަދަ އަމަލަކަށް ހިއްވަރުދިނުން" އެއީ އެސޯސިއޭޝަނުގެ މެމްބަރުންގެ މައްޗަށް މަނާކަމެއްގެ ގޮތުގައި ބަޔާންކޮށްފައިވާތ،ީ ވީއޭއެމްގެ މެމްބަރުންގެ ތެރޭގައި ހިމެނޭ އެއްވެސް ކުލަބެއްގެ ހިންގާ ކޮމިޓީގައި ތުހުމަތު ކުރެވުނު ފަރާތް ހިމެނިފައިވާނަމަ އެ ކުލަބެއްގެ ހިންގާ ކޮމިޓީއިން އެ ފަރާތް ވަކިކުރުމަށް އެ ކުލަބަށް އެންގުމަށް ވަނީ ނިންމައިފަ އެވެ.
އަދި، ޖިންސީ ފުރައްސާރައިގެ ތުހުމަތު ކުރެވުނު ފަރާތެއް ކުލަބެއްގެ ހިންގާ ކޮމިޓީއިން ވަކިކުރިކަން ކޮމިޝަނާ އޮފް ސްޕޯޓްސްގެ ފަރާތުން ކަށަވަރު ކުރުމާއި އެކަން ކަށަވަރު ކުރުމުގެ ކުރިން ވީއޭއެމްގެ ފަރާތުން ހިންގާ އެއްވެސް ހަރަކާތެއްގައި އެ މެމްބަރު ކުލަބު ބައިވެރި ނުކުރުމަށް ވެސް ވަނީ ނިންމައިފަ އެވެ.
އެޑްހޮކް ކޮމިޓީގެ ލަފާގެ މަތިން ދެން ތަންފީޒުކުރަން ނިންމާފައިވާ އިތުރު ކަންކަމަށް ބަލާއިރު، ގައުމީ ޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުންގެ ސުލޫކީ މިންގަނޑު އިތުރަށް މުރާޖާކޮށް އެ މިންގަނޑު ގައުމީ ޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުންނަށް އަންގާފައި ބޭއްވުން ހިމެނެ އެވެ. އަދި، ގައުމީ ޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުންގެ މެދުގައި ހިނގާފާނެ ޖިންސީ ފުރައްސާރައިގެ ޢަމަލުތައް ރިޕޯޓުކުރާނެ އުސޫލެއް ގާއިމްކޮށް އެކަން ކުޅުންތެރިންނާއި އޮފިޝަލުންނަށް އެނގޭނެގޮތަށް ރޭވުމަށް ވެސް ވަނީ ނިންމައިފަ އެވެ.
ވޮލީބޯލް އެސޯސިއޭޝަނުން ޖިންސީ ފުރައްސާރައާ ދެކޮޅަށް ފިޔަވަޅުތަކެއް ވޮލީބޯލް އެސޯސިއޭޝަނުން ޖިންސީ ފުރައްސާރައާ ދެކޮޅަށް ފިޔަވަޅުތަކެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ