މި އަހަރާއި އަންނަ އަހަރު މި ސަރުކާރުގެ ހުރިހާ މަޝްރޫއެއް ފެށޭނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ށ. އަތޮޅަށް ކުރައްވާ ދަތުރުގެ ތެރެއިން މާއުނގޫދޫ ރައްޔިތުންނާ ބައްދަލުކުރައްވާ މުއިއްޒު ވިދާޅުވީ މި އަހަރާއި އަންނަ އަހަރު ސަރުކާރުގެ ހުރިހާ މަޝްރޫއެއް ފެށި، އަންނަ އަހަރުގެ ތެރޭގައި ގިނަ މަޝްރޫއުތައް ނިމިގެންދާނެ ކަމަށެވެ.
"އެހެންވީމަ އަޅުގަނޑުމެން ކުރިންވެސް ދެންނެވި ގޮތަށް މި އަހަރު އަދި އަންނަ އަހަރު ވެގެން މިދަނީ ރައްޔިތުންނަށް އަޅުގަނޑު ވީ މިކަހަލަ ހަމަ މަޝްރޫއުތައް. ހަމަ ހުރިހާ މަޝްރޫއެއް ވެސް ފެށިގެންދާ ދެ އަހަރު ގޮތުގައި. ހަމަ އޭގެ ތެރޭގައި ގިނަ މަޝްރޫއުތަކެއް ނިމިގެންވެސް ދާނެ އަދި ދެން އަންނަ އަހަރު ވަރަށް ގިނަ މަޝްރޫއުތައް ވެސް ނިމިގެންދާނެ،" މުއިއްޒު ވިދާޅުވި އެވެ.
މުއިއްޒު ވިދާޅުވީ މިދިޔަ އަހަރުގެ ތެރޭގައި ސަރުކާރުން ބޮޑަށް މަސައްކަތް ކުރަން ޖެހުނީ މަޝްރޫއުތައް އަމަލީ ގޮތުން ފެށޭނެ ގޮތަށް އިގްތިސާދީ ހާލަތު ހުރި މައްސަލަތައް ހައްލުކޮށް ދަރަނިތައް ދެއްކޭނެ އިންތިޒާމު ހަމަޖައްސެމަށް ކަމަށާއި އެގޮތުން މިހާރު ހުރިހާ ކަމެއް ތަރުތީބު ކުރެވި މަޝްރޫއުތައް ފެށެމުންދާ ކަމަށެވެ.
"މި އަހަރުގެ ތެރޭގައި، މިދިޔަ އަހަރުގެ ތެރޭގައި އަޅުގަނޑުމެން ބޮޑަށް މަސައްކަތްކުރަން ޖެހުނީ މި އަހަރުގެ މި ހިސާބަށް މިކަންކަން އަމަލީ ގޮތުން ފެށޭނެ ގޮތަށް ރާއްޖޭގެ އިގްތިސާދީ ހާލަތުގެ ހުރި މައްސަލަ ހައްލުކުރެވި ރާއްޖޭގެ ދަރަނިތައް ދެއްކުމުގެ ގޮތްގޮތް ހަމަޖައްސާ މި ހުރިހާ ކަމެއް ތަރުތީބުކޮށްގެން އަޅުގަނޑު ވެފައި ހުރި ރަށްރަށުގައި ކުރިއަށް ގެންދެވޭނެ ހިސާބަށް ގެންދަން،" މުއިއްޒު ވިދާޅުވި އެވެ.
މިދިޔަ ޖުލައި މަހުގެ ތެރޭގައި މުއިއްޒު ވިދާޅުވީ ދަރަނިތައް ދެއްކުމުގައި ދަތިނުވާ ގޮތަށް ހުރިހާ މަޝްރުއެއްގެ މަސައްކަތް 2028 ވަނަ އަހަރަށް ނިންމާނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ.
މި ސަރުކާރު ވެރިކަމަށް އައިތާ ދެ އަހަރު ފުރެން ގާތްވަމުންދާއިރު، ހިނގަ ހިނގާ އޮތް ގިނަ މަޝްރޫއުތައް ވެސް ވަނީ ހުއްޓާލައިފަ އެވެ.
އޭގެއިތުރުން މި ސަރުކާރުގެ އެންމެ ބޮޑު ވައުދު ކަމަށްވާ ބޯހިޔާވެހިކަމުގެ މަޝްރޫއުތައް އެދެވޭ ބާރު މިނުގައި ނުހިނގާތީ އެކަމާ ގުޅޭގޮތުން އާންމުންގެ ފާޑުކިޔުން ވަނީ އަމާޒުވެފަ އެވެ.
އަނެއްކާ ވެސް އާ ތާރީހުތަކެއް، މުއިއްޒު ވިދާޅުވީ ހުރިހާ މަޝްރޫއެއް މި އަހަރާއި އަންނަ އަހަރު ފެށޭނެ ކަމަށް އަނެއްކާ ވެސް އާ ތާރީހުތަކެއް، މުއިއްޒު ވިދާޅުވީ ހުރިހާ މަޝްރޫއެއް މި އަހަރާއި އަންނަ އަހަރު ފެށޭނެ ކަމަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ