ކޮޅުވެއްޓިން ގެއްލުނު އިތުރު އެކަކު މަރުވެފައި އޮއްވާ ފެނިއްޖެ
މާލެއިން ފުރައިގެން ކ. އެރިޔަދޫއަށް ދަތުރުކުރަމުން ދިޔަ "އަލްމާކް ފިޔަ" ކިޔާ ކޮޅުވެއްޓިއެއް ރޭ ދަންވަރު ބަންޑުން ޖަހާލި ހާދިސާގައި ގެއްލިގެން ހޯދި އިތުރު މީހަކު މަރުވެފައި އޮއްވާ ފެނިއްޖެއެވެ.އެމްއެންޑީއެފުން ބުނި ގޮތުގައި މަރުވެފައި އޮއްވާ ދެން ފެނުނީ ބިދޭސީއެކެވެ.މިހާރު ނެފެނި ހޯދަމުން ދަނީ އިތުރު އެކަކެވެ. އެއީ ވެސް ބިދޭސީއެއް ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ. މި ކޮޅުވެއްޓިން 7 މީހުން ދަތުރުކުރި އެވެ. އެއިން 4 މީހަކު އެމްއެންޑީއެފް އިން ވަނީ ސަލާމަތްކޮށްފަ އެވެ.އެ ހާދިސާގައި ގެއްލުނު ދިވެހި މީހާ މަރުވެފައި އޮއްވާ މިއަދު ހެނދުނު ވަނީ ފެނިފަ އެވެ. އެއީ ގއ.ދާންދޫ، ސަރުސޫނުގެ، އަހުމަދު ޝިފާން، 38، އެވެ. މިއަދުގެ މަޣުރިބު ނަމާދަށްފަހު އޭނާ ކަށުނަމާދު ބާއްވަން ވަނީ ހަމަޖައްސައިފަ އެވެ.ފުލުހުން ކުރިން ބުނީ އެ ހާދިސާގައި ގެއްލުނު ތިން މީހުންގެ ތެރެއިން ދެ މީހުން، ކޮޅުވެއްޓި ބަންޑުން ޖަހާލިއިރު ތިބީ އޭގައި އޮތް އެކްސްކޯރިއޭޓާއެއްގެ ތެެރޭގައި ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ